ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 09:02
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން
ރާއްޖެއެމްވީ
އެސް.ޑީ.އެފް.ސީ.އިން ދޫކުރާ ރިކަވަރީ ލޯނު
އެސް.ޑީ.އެފް.ސީ.ން 2,089 ފަރާތަކަށް ރިކަވަރީ ލޯން ދޫކޮށްފި
އެސް.ޑީ.އެފް.ސީ އިން ވަނީ އަމިއްލަ މަސައްކަތްކުރާ 654 ފަރާތަކަށް 19.6 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި
އެސް.ޑީ.އެފް.ސީ އިން ވަނީ ކުދި އަދި މެދު ފަންތީގެ 1,435 ވިޔަފާރިއަކަށް 332.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި
އެސް.ޑީ.އެފް.ސީ އިން ވަނީ މިހާތަނަށް 351.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކުރާ ރިކަވަރީ ސްކީމްގެ ލޯނުތައް 2,089 ފާރަތަށް ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ 21 ވަނަ ދުވަހުގެ ނިޔަލަށް އެސް.ޑީ.އެފް.ސީ އިން ވަނީ އަމިއްލަ މަސައްކަތްކުރާ 654 ފަރާތަކަށް 19.6 މިލިއަން ރުފިޔާގެ ލޯނާއި ކުދި އަދި މެދު ފަންތީގެ 1,435 ވިޔަފާރިއަކަށް 332.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

ރިކަވަރީ ސްކީމްގެ ދަށުން އެސް.ޑީ.އެފް.ސީ އިން ވަނީ މިހާތަނަށް 351.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

ފިނޭންސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެސް.ޑީ.އެފް.ސީ އިން ދޫކުރާ ލޯނަށް އެދި 4,086 ފަރާތަކުން ވަނީ އެދިފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 2,053 ފަރާތަކާއި 2,033 ވިޔަފާރިއެވެ.

އެގޮތުން އެސް.ޑީ.އެފް.ސީ އަށް ހުށަހަޅާފައިވާ ލޯނުތަކުގެ ތެރެއިން 2,205 ފޯމު އެޕްރޫވްކޮށްފައިވާއިރު، 705 ފޯމު ވަނީ ރިޖެކްޓުކޮށްފައެވެ. އަދި 2,204 ފޯމެއް ވަނީ ސޭންކްޝަން ކޮށްފައެވެ.

އެސް.ޑީ.އެފް.ސީން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާ އިރު، ލޯން ދޫކުރަނީ ހަ އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއަޑަކާ އެކުއެވެ.

- ކޮމެންޓް