ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 08:45
ފްރަންޓްލައިން މަސައްކަތްތެރިން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ފްރަންޓްލައިން މަސައްކަތްތެރިން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ފްރަންޓްލައިން މަސައްކަތްތެރިންގެ އެލަވަންސް
ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 98.56 މިލިއަން ރުފިޔާ ދޫކޮށްފި
ފްރަންޓްލައިން އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން
ހައި ރިސްކް ކެޓަގަރީ މީހުންނަށް އެލަވަންސްގެ ގޮތުގައި ދުވާލަކު 500 ރުފިޔާ ލިބޭ
މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ލިބޭއިރު، ލޯ ރިސްކު މީހުންނަށް ލިބެނީ ދުވާލަކަށް 200 ރުފިޔާ

ކޮވިޑް-19 ގެ ސަބަބުން ފްރަންޓްލައިންގައި މަސައްކަތްކުރަމުންދާ މީހުންނަށް އެލަވަންސްގެ ގޮތުގައި 98.56 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހާ ހަމައަށް ފްރަންޓްލައިނުގައި މަސައްކަތްކުރާ 10,843 މީހުންނަށް އެލަވަންސް ވަނީ ދޫކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން މި އެލަވަންސް ފްރަންޓްލައިން މަސައްކަތްތެރިން ދޭން ނިންމާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހައި ރިސްކް ކެޓަގަރީ، މީޑިއަމް ރިސްކް ކެޓަގަރީ އަދި ލޯ ރިސްކް ކެޓަގަރީއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކް މީހުންނާއި، ތަކެއްޗާއި، ގާތުން ދިމާވެދާނެ މީހުން ހައި ރިސްކް ކެޓަގަރީގައި ހިމެނޭއިރު، އެ ކެޓަގަރީގެ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭންނުޖެހުނު ނަމަވެސް، ހައި ރިސްކް މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުން ހިމެނޭއިރު، އެ މީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާއެވެ.

ލޯ ރިސްކް ކެޓެގަރީގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ. ލޯ ރިސްކް ކެޓަގަރީގައި ހިމެނެނީ ހައި ރިސްކް އަދި މީޑިއަމް ރިސްކް ކެޓެގަރީގައި ނުހިމެނޭ، އެހެން ނަމަވެސް ކޮވިޑް-19 ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.

ސަރުކާރުން ފްރަންޓްލައިން އެލަވަންސް ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

- ކޮމެންޓް