ކ. މާލެ
|
25 ޖެނުއަރީ 2021 | ހޯމަ 19:01
ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ބަގީޗާ ޓީމު
ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ބަގީޗާ ޓީމު
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުލުމާލެ ޕާކް ވޮލީ ޗެމްޕިއަންޝިޕް
ޕާކް ވޮލީ މުބާރާތް: ޗެމްޕިއަންކަން ބަގީޗާ އާއި ޕޮލިހަށް
ފިރިހެން ބައިގެ ޗެމްޕިއަންކަން ބަގީޗާއިން ހޯދީ ދިވެހި ސިފައިންގެ ކުލަބު ބަލިކުރުމަށްފަހު
އަންހެން ބައިގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދީ ދި ފައިވް ބަލިކުރުމަށްފަހު

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ހުލުމާލެ ޕާކް ވޮލީ ޗެމްޕިއަންޝިޕް 2021" ފިރިހެން ބައިގެ ޗެމްޕިއަންކަން ބަގީޗާއިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ހުޅުމާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު ބަގީޗާއިން ކާމިޔާބުކުރީ 2-1 ސެޓުން ދިވެހި ސިފައިންގެ ކުލަބު ބަލިކުރުމަށްފަހުގައެވެ. މެޗުގެ ފުރަތަމަ ސެޓު ދިވެހި ސިފައިންގެ ކުލަބުން 21-19 ން ކާމިޔާބުކޮށްފައިވަނިކޮށް، ޖެހިގެން އައި ދެ ސެޓު ބަގީޗާއިން ވަނީ 21-11 އަދި 15-11 ން ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދީ ސީދާ ދެ ސެޓުން ދި ފައިވް ބަލިކުރުމަށްފަހުއެވެ. ވަރުގަދަ ސްކޮޑަކާއެކު ނުކުތް ޕޮލިސް ޓީމުގައި ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި، ފާތިމަތު ޒީނިޔާ އާއި، އައިމިނަތު ޝަހާ ޝާމިން އާއި، މަރިޔަމް ހަލީމުގެ އިތުރުން ފާތިމަތު ނުހާ ހިމެނުނެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ކުލަބު

މުބާރާތުގެ ފިރިހެން ބައިގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ. އަދި އަންހެން ބައިގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިސް ޓީމުގައި ހިމެނޭ ޒީނިޔާއެވެ.

މި އަހަރުގެ މުބާރާތުގައި ފިރިހެން ނުވަ ޓިމާއި އަންހެން 10 ޓީމު ވާދަކުރިއެވެ. އަދި ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންވެސް ކުރިއަށްގެންދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައި ޕާކް ވޮލީ މުބާރާތެއް ބޭއްވިއިރު، މިއީ މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް