ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 13:45
ކިއުބަން އެއާލާއިން، އެއިރޯގަވިއޯޓާގެ ބޯޓެއް
ކިއުބަން އެއާލާއިން، އެއިރޯގަވިއޯޓާގެ ބޯޓެއް
ގޫގުލް
ކިއުބާގެ ބޯޓެއް ވެއްޓުން
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
ބޯޓް ވެއްޓިފައިވަނީ ވެރިރަށް ހަވާނާއާ ކައިރި ހިސާބަކަށް
ހާދިސާގައި އަސްކަރިއްޔާގެ ފަރާތްތަކަކާއި ކްރޫއިންނާއެކު އަށް މީހުން މަރުވި

ކިއުބާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި ބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެ ކަމަށް ރިޕޯޓްކޮށްފިއެވެ.

 

ކިއުބަން އެއާލާއިން، އެއިރޯގަވިއޯޓާގެ ބޯޓް އެންޓޮނޯވް އޭއެން 26 ވެއްޓިފައިވަނީ ވެރިރަށް ހަވާނާއާ އެންމެ 50 މޭލު ދުރުން އޮންނަ ހުޅަނގުގެ ޕްރޮވިންސްއެއްކަމަށްވާ ޕިނާރް ޑެލް ރިއޯ ކައިރިއަށެވެ.

 

ބޯޓް ވެއްޓުނު ލަސް ލޯމަސް ޑި ސެން ކްރިސްޓޮބަލް އަކީ އެއްގަމު މަގުން ދިއުމަށް ދަތި ސަރަހައްދެކެވެ.

 

ކިއުބަން ނިއުސް އޭޖެންސީ ބުނީ ބޯޓްވެއްޓުމުގެ ހާދިސާގައި އަސްކަރިއްޔާގެ ފަރާތްތަކަކާއި ކްރޫއިންނާއެކު އަށް މީހުން މަރުވި ކަމަށެވެ.

 

ކޮމިޝަން އޮފް ދި މިނިސްޓްރީ އޮފް ދި ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އިން ދަނީ ހާދިސާ ހިނގަން ދިމާވި ސަބަބު ތަހުގީގުކުރަމުންނެވެ.

 

ކިއުބާގައި 2002  ވަނަ އަހަރު ކުޑަ މަތިންދާ ބޯޓެއް ވެއްޓި 16 މީހުން މަރުވެފައިވާއިރު އިނގިރޭސި ވިލާތުގެ ހަތަރު މީހަކުވެސް ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް