ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 13:00
ވިކިޕީޑިއާގެ ފައުންޑަރ ވިދާޅުވީ އެންސައިކްލޮޕީޑިއާ ބަންދުކުރުމާ ދެކޮޅަށް ތުރުކީގެ ރައްޔިތުންނާއެކު ތެދުވާނެ ކަމަށެ
ވިކިޕީޑިއާގެ ފައުންޑަރ ވިދާޅުވީ އެންސައިކްލޮޕީޑިއާ ބަންދުކުރުމާ ދެކޮޅަށް ތުރުކީގެ ރައްޔިތުންނާއެކު ތެދުވާނެ ކަމަށެ
ގޫގުލް
ތުރުކީގައި ވިކިޕީޑިއާ މަނާކުރު
ތުރުކީގައި ވިކިޕީޑިއާ ބްލޮކް ކޮށްފި
ވިކިޕީޑިއާގެ ފައުންޑަރ  ވިދާޅުވީ އެންސައިކްލޮޕީޑިއާ ބަންދުކުރުމާ ދެކޮޅަށް ތުރުކީގެ ރައްޔިތުންނާއެކު ތެދުވާނެ ކަމަށް
ވޭތުވެ ދިއަ ދެތިން އަހަރެއް ތެރޭ ތުރުކީއިންވަނީ މަޝްހޫރު ބައެއް ސައިޓްތައް ވަގުތީގޮތުން ބްލޮކް ކޮށްފަ

ތުރުކީއިން ޓެރެރިސްޓް ޖަމާއަތްތަކަށް އެއްބާރުލުން ދެމުންދާ ކަމަށް ބުނެ ހިމަނާފައިވާ ކޮންޓެންޓް ފޮހެ ނުލުމުން އޮންލައިން އެންސައިކްލޮޕީޑިއާ، ވިކިޕީޑިއާ އެ ގައުމުގައި ބްލޮކް ކޮށްފިއެވެ.

ތުރުކީގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، މެރިޓައިމް އެންޑް ކޮމިއުނިކޭޝަނާ ހަވާލާދީ އެގައުމުގެ ދައުލަތުގެ ނޫސް އޭޖެންސީ އަނަދޮލޫ އިން ބުނީ އެ ގައުމުގެ އޮފިޝަލުން ވިކިޕީޑިއާއާ ވާހަކަދައްކައިގެން އެ ކޮންޓެންޓް ފޮހެލެވޭތޯ އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ސައިޓުން ފޮހެލާފައި ނުވަނީ ސުވާލު އުފެދޭ ކޮންޓެންޓެވެ.

މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އަނަދޮލޫ ބުނެފައިވަނީ ޓެރެރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ވިކިޕީޑިއާއިން، ބައިނަލްއަގްވާމީ މަސްރަހުގައި ތުރުކީއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

ތުރުކީގައި އިންޓަނެޓް މަނާކުރުން ބަލަހައްޓަމުން އަންނަ ޓާކީ ބްލޮކްސް މޮނިޓަރިނންގ ގްރޫޕުން ބުނެފައި ވަނީ ތުރުކީގެ ވިކިޕީޑިއާ ހުރިހާ ބަހުރުވައަކުން ހުރި ކޮންޓެންޓް ބްލޮކް ކޮށްފައިވާކަން ފާހަގަކުރެވުނީ ތުރުކީގެ އިދާރާތަކުން އެކަމަށް އަމުރު ނެރެފައިވަނިކޮށް ޖީއެމްޓީގަޑިން 5:00 ގެ ފަހުން ކަމަށެވެ.

ވިކިޕީޑިއާގެ ފައުންޑަރ  ހޮނިހިރު ދުވަހު ވިދާޅުވީ އެންސައިކްލޮޕީޑިއާ ބަންދުކުރުމާ ދެކޮޅަށް ތުރުކީގެ ރައްޔިތުންނާ އެކު ތެދުވާނެ ކަމަށެވެ.

"މައުލޫމާތު ލިބިގަތުމަކީ އަސާސީ އިންސާނީ ހައްގެއް" ވިކިޕީޑިއާގެ ފައުންޑަރ ޖިމީ ވޭލްސް ޓްވިޓަރގައި ބުނެފައި ވެއެވެ.

"ތުރުކީގެ ރައްޔިތުން..އަހަރެން އަބަދުވެސް  ހުންނާނީ ތި ރައްޔިތުންނާއެކު މި  ހައްގު ހޯދުމަށް މަސައްކަތްކުރަން" އޭނާ ބުނެފައި ވެއެވެ.

ވޭތުވެ ދިޔަ ދެތިން އަހަރެއް ތެރޭ ތުރުކީން ވަނީ މަޝްހޫރު ބައެއް ސައިޓްތައް ވަގުތީ ގޮތުން ބްލޮކް ކޮށްފައެވެ.

އޭގެ ތެރޭގައި ފޭސްބުކް، ޔޫޓިއުބް އަދި ޓްވިޓަރ ހިމެނެއެވެ. މާޗް 2014 އިންފެށިގެން އެތައް މަސްތަކެއް ވަންދެން އެގައުމުގައި ޔޫޓިއުބް މަނާކޮށްފައި ވެއެވެ. އަދި 2013 ވަނަ އަހަރު ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިޔަށްދިޔައިރު ސޯޝަލް މީޑިއާ ބޭނުންކުރުމަށް ދަތިކޮށް އެތައް ފިޔަވަޅުތަކެއް އެޅިއެވެ.

 

 

- ކޮމެންޓް