ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 17:25
އެމްޓީސީސީ ޓަވަރ
އެމްޓީސީސީ ޓަވަރ
ރާއްޖެއެމްވީ
އެމްޓީސީސީގެ ހަތަރު ވަނަ ކުއާޓަރގެ ރިޕޯޓް
ފާއިތުވި އަހަރުގެ ފަހު ކުއާޓަރ، އެމްޓީސީސީއަށް ކާމިޔާބު ކުއާޓާއެއް
އަހަރުގެ ފަހު ކުއާޓަރގައި ސޭލްސް ރެވެނިއުގެ ގޮތުގައި 400 މިލިއަން ރުފިޔާ ވަނީ ލިބިފައި
އަހަރުގެ ފަހު ކުއާޓަރގައި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 77 މިލިއަން ރުފިޔާ ވަނީ ލިބިފައި

ނިމިދިޔަ 2020 ވަނަ އަހަރުގެ ފަހު ކުއާޓަރ ވެގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ކާމިޔާބު އަހަރަކަށެވެ.

އެމްޓީސީސީގެ އަހަރުގެ ފަހު ކުއާޓަރގެފައިނޭންޝަލް ރިޕޯޓްއެކުންފުނީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު، އެ ރިޕޯޓްގައިވާ ގޮތުން ފާއިތުވި އަހަރުގެ ފަހު ކުއާޓަރގައި ސޭލްސް ރެވެނިއުގެ ގޮތުގައި 400 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2020 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރގައި އެމްޓީސީސީ އަށް ރެވެނިއުގެ ގޮތުގައި ލިބިފައި ވަނީ 350 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ތިން ވަނަ ކުއާޓަރގެ އޮޕަރޭޓިން ޕްރޮފިޓްގެ ގޮތިގައި 69 މިލިއަން ރުފިޔާ ލިބިފައިވާއިރު، އަހަރުގެ ފަހު ކުއާޓަރގައި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 77 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފާއިތުވި އަހަރުގެ ފަހު ކުއާޓަރގައި އެމްޓީސީސީއަށް ލިބުނު އާމްދަނީން ޓެކްސް ދެއްކުމަށް ފަހު ފައިސާގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނީގެ ހަތަރުވަނަ ކުއާޓަރގެ ފައިނޭޝަލް ރިޕޯޓް ދައްކައެވެ. ފާއިތުވި އަހަރުގެ ތިން ވަނަ ކުއާޓަރގައި އެކުންފުންޏަށް ޓެކްސް ދެއްކުމަށްފަހު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 51 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ވަނީ އަހަރުގެ ފަހު ކުއާޓަރގައި ލިބުނު އާމްދަނީ ތިން ވަނަ ކުއާޓަރއާއި އަޅާބަލާއިރު، 14 އިންސައްތަ އިތުރުވެފައި ވަނީ އެކުއާޓަރގައި ކުރިއަށް ގެންދެވުނު މަޝްރޫއުތައް އިތުރުވުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ކޮންޓްރެކްޓިންގެ ހިދުމަތަކީ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ކުންފުންޏަށް އެންމެ ފައިދާކުރާ މަސައްކަތްކަމަށާއި ޑްރެޖިން އާއި ޓްރޭޑިންގެ މަސައްކަތްތަކަކީވެސް ކުންފުންޏަށް ފައިދާބޮޑު މަސައްކަތް ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

- ކޮމެންޓް