މީޑިއާނެޓް އަދި ޑާކްރެއިން އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ ފުރަތަމަ ސިޓްކޮމް (ސިޓިންގްރޫމް ކޮމެޑީ) 'ރޫމީ އާއި ޖަންނަތު'ގެ ހަތަރުވަނަ އެޕިސޯޑު މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕް މެދުވެރިކޮށް ބެލޭނެކަމަށް މީޑިއާނެޓުން ބުނެފިއެވެ.
މީޑިއާނެޓުގެ ޕީއާރު އެންޑް މާކެޓިންގ އެގްޒެކިއުޓިވް ޝުވޭކާ ޝަރީފް ވިދާޅުވީ، މީޑިއާނެޓް އޮރިޖިނަލްސް 'ރޫމީ އާ ޖަންނަތު'ގެ ހަތަރު އެޕިސޯޑު މިހާތަނަށް މަލްޓި ސްކްރީން އެޕަށް ލާފައިވާއިރު، އެ ހަތަރު އެޕިސޯޑަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު އާ އެޕިސޯޑެއް އެޕް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.
ހެއްވާ މަޖާ ސިލްސިލާއެއްގެ ގޮތުގައި ގެނެސްދޭ މި ސިޓްކޮމްއަކީ އޭގައި ހަރަކާތްތެރިވާ ރޫމީ އާއި ޖަންނަތުގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ހިޔާލީ ވާހަކައެއް ކަމަށްވާއިރު، މި ސިޓްކޮމްގެ ދެ ބަތަލުންނަކީ އަބްދުﷲ ޝާފިއު (ފުބޫ) އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. އަދި އައިޝަތު ފުއާދު އާއި އަހްމަދު ތަލާލްގެ ސްކްރިޕްޓް އަކަށް މި ސިޓްކޮމް ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާއު އަދި މުހައްމަދު ފައިސަލްއެވެ.
މި ސިޓްކޮމްގައި ރޫމީ އާއި ޖަންނަތުގެ އިތުރުން އެހެން ރޯލުތަކުން ފެންނަ ފަންނާނުންނަކީ ވެސް މި ސިޓްކޮމްގައި ފުރިހަމަ ދައުރެއް އަދާކުރާ ބައެކެވެ. މީގެއިތުރުން ދެ ޖިންސު ހަމަހަމަ ކުރުމަށްވެސް މި ސިޓްކޮމްގައި މަސައްކަތް ކޮށްފައިވާއިރު، އެކަމަށް އަމާޒުކޮށް ގެނެސްދޭ ވާހަކަ ވަރަށްވެސް ހިތްގައިމެވެ.
'ރޫމީ އާއި ޖަންނަތު'ގެ އިތުރުން ލައިވް ޗެނަލްތަކާއި އެހެނިހެން ސީރީސް އާއި ދިވެހި ފިލްމްތައް ކަމަށްވާ މީ ލޯތްބަކީ އަދި ވާށޭމަށާއެކީ ފަދަ މަޝްހޫރު ފިލްމްތައް މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕުން ފެންނާނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.