ކ. މާލެ
|
21 ޖެނުއަރީ 2021 | ބުރާސްފަތި 13:26
މިއަދު ބަންގުލަދޭޝަށް ވެކްސިން ފޮނުވުމަށްޓަކައި ފުލައިޓަށް ލޯޑް ކުރަނީ
މިއަދު ބަންގުލަދޭޝަށް ވެކްސިން ފޮނުވުމަށްޓަކައި ފުލައިޓަށް ލޯޑް ކުރަނީ
އޭ.އެން.އައި
ކޮވިޝީލްޑް ވެކްސިން
ބަންގުލަދޭޝާއި ނޭޕާލަށް ވެސް އިންޑިއާއިން ވެކްސިން ފޮނުވައިފި
 
ބަންގުލަދޭޝަށް 2 މިލިއަން ޑޯޒް އަދި ނޭޕާލަށް 1 މިލިއަން ޑޯޒް ފޮނުވާފައިވޭ

އިންޑިއާގެ ސިރަމް އިންސިޓިޓިއުޓާއި އޮކްސްފޯޑް އަދި އެސްޓްރަޒެނިކާ ގުޅިގެން އިންޑިއާގައި އުފައްދާފައިވާ ކޮވިޑް ވެކްސިން "ކޮވިޝީލްޑް" ގެ ވެކްސިން ބަންގުލަދޭޝާއި ނޭޕާލަށް ފޮނުވައިފިއެވެ.

އޭއެންއައި ނޫހުގައި ބުނެފައިވަނީ ބަންގުލަދޭޝާއި ނޭޕާލަށް ވެކްސިން ފޮނުވާފައިވަނީ ބުރާސްފަތި ދުވަހު ކަމަށެވެ. އިންޑިއާގެ އެކްސްޓަރނަލް އެފެއާޒ މނިސްޓްރީގެ ތަރުޖަމާނު އަނޫރާގް ސްރިވަސްތަވް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިން ހިފައިގެންދާ ފުލައިޓް ދެން މަޑުކުރާނީ ބަންގުލަދޭޝްގައި ކަމަށާއި، ބަންގުލަދޭޝަށް ވެކްސިން ހިފައިގެންދާ ފުލައިޓް ނައްޓާލާފައިވާ ކަމަށެވެ.

ބަންގުލަދޭޝްގެ ވެރިރަށް ޑާކާއަށްދާ ފުލައިޓް ފުރާފައިވަނީ މުމްބާއީގެ ޗަތްރަޕަތީ ޝިވާޖީ މަހަރާޖް އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. މި ބޯޓުގައި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ވެކްސިންގެ 2 މިލިއަން ޑޯޒް އެގައުމަށް ގެންދާނެއެވެ. މީގެ އިތުރުން އިންޑިއާއިން ވަނީ ބޫޓާނަށް ވެސް 1 މިލިއަން ޑޯޒްގެ ވެކްސިން ފޮނުވާފައެވެ.

އިންޑިއާއިން ވަނީ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން ބުދަ ދުވަހު ރާއްޖެއަށް ވެސް އެއްލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. އިންޑިއާ ސަރުކާރުން ބުނެފައިވަނީ ވެކްސިން އުފައްދާ ގައުމުތަކާއި ބޮޑެތި އެކި ގައުމުތަކުން ވެކްސިން ގަނެ ނިކަމެތި ގައުމުތަކަށް ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ފޮރުވުމުން ނިކަމެތި ގައުމުތައް ހާލުގައި ޖެހޭނެ ކަމަށެވެ. އަދި އިންޑިއާއިން އެގޮތަށް ކަންތައް ނުކުރާނެ ކަމަށާއި، މި އަނދިރި ހާލަތުގައި ވެސް އިންޑިއާއިން އިންސާނިއްޔަތުކަން އިސްކޮށް އަވައްޓެރި ގައުމުތައް ހާލުގައި ނުޖެހޭނެކަން ޔަގީން ކުރާނެ ކަމަށެވެ.

ރާއްޖެ، ބޫޓާން، ބަންގްލަދޭޝްގެ އިތުރުން ސީޝެލްސް، މިޔަންމާ، ނޭޕާލް، ސްރީލަންކާ އަދި މޮރިޝަސްއަށް ވެސް ކުރިއަށް އޮތް ދެތިންދުވަހުގެ ތެރޭގައި ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް