ރާއްޖެއިން އިތުރު 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން އިތުރު 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 32 މީހަކު ހިމެނެއެވެ. އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 14،633ށް އަރާފައެވެ.
ރާއްޖެއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި 3168 ސާމްޕަލްއެއް ނަގާފައިވެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލްތަކުގެ ޖުމުލަ އަދަދު މިވަނީ 370،938ށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން ރަނގަޅުވެފައިވަނީ 13،615 މީހެކެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 962 އެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި އޭގެ ތެރެއިން 73 މީހަކަށް މިވަގުތުވެސް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދެއެވެ.
ރާއްޖެއިން މިހާތަނަށް މިބަލީގައި މަރުވެފައިވަނީ 49 މީހެކެވެ.