ކ. މާލެ
|
19 ޖެނުއަރީ 2021 | އަންގާރަ 22:41
ކޮވިޑް-19 އަށް ނަގާ ސާމްޕަލް ކިޓެއް، ރާއްޖެއަށް ބުދަ ދުވަހު ކޮވިޑް ވެކްސިން ލިބޭނެ
ކޮވިޑް-19 އަށް ނަގާ ސާމްޕަލް ކިޓެއް، ރާއްޖެއަށް ބުދަ ދުވަހު ކޮވިޑް ވެކްސިން ލިބޭނެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ވެކްސިން
އިންޑިއާއިން ރާއްޖެ ގެންނަ ވެކްސިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭނެ: އެޗްޕީއޭ
އިންޑިއާއިން ފޯރުކޮށްދޭ ވެކްސިން ޖަހާނީ ފްރަންޓްލައިން އޮފިޝަލުންނަށް
ބުދަ ދުވަހުގެ މެންދުރު 1400 ގައި ރާއްޖެއަށް ވެކްސިން ފޯރާނެ

ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެ ކަމަށާއި، އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން މިހެން ހާމަކޮށްފައި މިވަނީ، ކޮވިޑް-19 ބައްޔަށް އިންޑިއާއިން އުފެއްދި ވެކްސިން ބުދަ ދުވަހު ރާއްޖެއަށް ލިބޭނެ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ޚަބަރު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ކަށަވަރު ކޮށްދީފައި ވަނިކޮށެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެ ޤައުމުން ބުދަ ދުވަހު ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން ބަޔާން ކޮށްފައެވެ. އަދި ރާއްޖޭގެ އިތުރުން، ބޫޓާނާއި، ނޭޕާލް އަދި މިޔަންމާ ފަދަ ޤައުމުތަކަށްވެސް އިންޑިއާގެ ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ވަނީ ހާމަ ކޮށްފައެވެ.

ރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދޭ މި ވެކްސިންއާ ގުޅޭގޮތުން އެކި ފަރާތްތަކުން ވެކްސިން އާ މެދު ޝައްކު އުފެއްދުމުގެ ވާހަކަތައް ދައްކަމުން އަންނައިރު، އެކަމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެ ކަމަށް ބުނެފައެވެ. އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވިގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ބޭނުންކުރާ ވެކްސިންތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ އޮންނާނެ ކަމަށާއި، ވެކްސިން ޖެހުމުން ދިމާވެދާނެ ސައިޑް އިފެކްޓުތަކަށް ރަނގަޅަށް ބެލޭނެ ކަމަށެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައި ވަނީ ރާއްޖެއަށް ލިބޭ ވެކްސިން އެންމެ ފުރަތަމަ ފޯރުކޮށްދޭނީ ފްރޮންޓްލައިން ހެލްތް ވޯކަރުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ.

އިންޑިއާ އިން އުފެއްދި ވެކްސިން އެ ގައުމުގެ އެތައްހާސް ބަޔަކަށް މިހާތަނަށް ދީފައިވާއިރު، ބޭރު ގައުމަކަށް ވެކްސިން ފުރަތަމަ ފޯރުކޮށްދޭން އެ ގައުމުން ނިންމީ ދިވެހިރާއްޖެއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް