ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 20:50
ޔާމީން ރަޝީދު (ކ) އާއި އޭނާގެ ލޯބިވެރިޔާ ސެލިން ޕެރޯނީ އާ އެކު
ޔާމީން ރަޝީދު (ކ) އާއި އޭނާގެ ލޯބިވެރިޔާ ސެލިން ޕެރޯނީ އާ އެކު
ފޭސްބުކް
ސެލިންގެ ވާހަކަ
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
ޔާމީނަށް އިންސާފު ހޯދައިދޭން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ސެލިން ހުރީ ތައްޔާރަށް
ޔާމީން މަރާލިކަން ގަބޫލުކުރަން، އެކަމަކު އޭނާއާ ނުލާ ދިރިއުޅޭނެ އެއްވެސް ގޮތެއް ނުވިސްނޭ
ޔާމީންގެ ހަބަރެއް ނުވުމުން ސެލިން ހިތަށް އެރީ ފުލުހުން އޭނާ ހައްޔަރުކުރީކަމަށް

"ލޯބިވާ. މިހާރު ވަރަށް ކަންބޮޑުވެއްޖެ،  ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ" މިއީ މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދަށް އޭނާގެ ލޯބިވެރިޔާ ސެލިން ޕެރޯނީ އެންމެ ފަހުން ފޮނުވި މެސެޖެވެ. އެ މެ ސެޖަކަށް ޔާމީންގެ ފަރާތުން ސެލިން އަކަށް ޖަވާބެއް ނުލިބުނެވެ. އޭގެ ބަދަލުގައި ސެލިންއަށް ލިބުނީ އަނިޔާވެރިންގެ ރަހުމު ކުޑަ އެތި ފަހަރު ތަކަކުން ޔާމީންގެ ހަށިގަނޑާ ފުރާނަ ދެތަން ކޮށްލި ވާހަކައެވެ.

އެ ރޭގެ އެ ބިރުވެރި ހާދިސާ ހިނގުމާ ހަމައަށް ކަހަލަ ގޮތައް ސެލިން އާ ޔާމީންއާ ދެމީހުން ދިޔައީ ޓެކްސްޓް މެސެޖުން ވާހަކަ ދައްކަމުންނެވެ.

ކިތަންމެ ދުރުގައި ދެމީހުން ދިރިއުޅުނަސް ސެލިންގެ ވާހަކަތަކުން އެނގުނު ގޮތުގައި ސެލިން ގެންދިޔައީ ކޮންމެ އިރެއްގައިވެސް ޔާމީނަށް ވާނުވާ ބަލަމުންނެވެ.

ސެލިން ކިޔައިދިންގޮތުގައި އަނިޔާވެރިގޮތަކަށް، ޔާމީން މުޅި ހަށިގަނޑަށް ވަޅި ހަރައި މަރާލި ދުވަހު ދެމީހުން ވަރަށް ގިނަ ވަގުތު ވާހަކަ ދެއްކި ކަމަށާއި، މުޅި ދުވަހު ކަހަލަ ގޮތަކަށް ދެމީހުން މެސެޖުކޮށް ހެދި ކަމަށެވެ. އޭނާ ބުނީ މުޅި ދުވަހުވެސް ޔާމީން ވާހަކަ ދައްކާފައިވަނީ ވަރަށް ލޯބިން ކަމަށެވެ.

ޔާމީނަށްކުރި އެންމެ ފަހު މެސެޖާއި، ޔާމީނާއި އެރޭގައި ދެކެވުނު ވާހަކަތައް، އަދި ޔާމީންގެ ރަހުމު ކުޑަ މަރާއެކު ކުރެވުނު ހިތްދަތި އިހުސާސްތައް ބެލްޖިއަމްގެ ބްރަސްލްސްގައި ދިރިއުޅޭ ސެލިން ޕެރޯނީ ވަނީ ރާއްޖެޓީވީއަށް ކިޔައިދީފަ އެވެ.

ބްރަސަލްސްގައި ސެލިން ދިރިއުޅޭ އެޕާޓްމަންޓުގައި ޔާމީންގެ ހަނދާނުގައި އެލުވާފައިވާ ރަތް ފުއްޕާހަމެއް

ސެލިން ބުނީ ޔާމީނަށް ނުރައްކާ އޮތް ކަމުގެ އިހުސާސް އޭނާ އަށް އަބަދުވެސް ދިޔައީ ކުރެވެމުން ކަމަށެވެ. އެހެން ނަމަވެސް ބަޔެއްގެ ނުބައި ރޭވުމަކުން އެއް އިރެއްގައިވެސް ޔާމީންގެ ފުރާނަ ދުއްވާލަފާނެކަން ހީ ނުކުރާ ކަމަށެވެ. ސެލިން ބުނީ ޔާމީން އެންމެ ފަހުން އޭނާއަށް މެސެޖުކޮށްފައިވަނީ އޮފީހުގައި އުޅެ ގެއަށް ދިއުމަށް ނިކުންނަމުން ކަމަށެވެ.  ސެލިން ބުނީ އޭނާ އިންތިޒާރު ކޮށްގެން ހުރީ ޔާމީން ގެއަށްވަދެ ހަމަޖެހިގެން ގުޅާނެ ކަމަށެވެ. އަދި އެކަނި ގެއަށް ދާކަން އެނގުމުން  އެކަމާ ކަންބޮޑުވެގެން އެވާހަކަވެސް ޔާމީން ގާތު ސެލިން ބުންޏެވެ.

ސެލިން ބުނީ ޔާމީން އެކަނި ހިނގާފައި ގެއަށްދާ ކޮންމެ ދުވަހަކީ އަބަދުވެސް އޭނާ ކަންބޮޑުވާ ދުވަހެއް ކަމަށާއި، ކޮންމެ ދުވަހަކުވެސް ޔާމީން ގެއަށްދެވުމުން އޭނާއަށް ދެވުނު ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެ ގޮތުން ޔާމީން މަރާލި ރޭވެސް ސެލިން ހުރީ ގެއަށް ވަނުމަށްފަހު ޔާމީންގެ ޚަބަރެއްވާނެ ކަމުގެ އިންތިޒާރުގައި ފޯނަށް ބަލަބަލައެވެ.

ޔާމީން ދެކެ އިންތިހާއަށް ލޯބިވާ ސެލިންގެ ހަނދާނުން އެންމެ ފަހުން ޔާމީން އާ ދެކެވުނު ވާހަކަތައް ފޮހެވިގެންނެއް ނުދާނެއެވެ. އެ މެސެޖްތައް އޭނާވަނީ ރައްކާ ކޮށްފައެވެ. ވަރަށް ދަންވަންދެން އޮފީހުގައި އުޅުމަށްފަހު ގެއަށް ދިއުމަށް ނުކުންނަމުން ޔާމީންއާ ސެލިން ދެއްކި ވާހަކަތަކަކީ:

ޔާމީން: ގެއަށް ދިޔުމުގެ މަގުމަތީގައި މިހާރު

ސެލިން: މިހާރު ވަގުތު ޖެހުނީ

ޔާމީން: ކޮންކަމަކަށް؟

ސެލިން: ގެއަށް ދާން

ޔާމީން: ނޫން

ސެލިން: އަހަރެން މި ނިމެނީ

ޔާމީން: K

ސެލިން: އަހަރެން މިއަދު ވަރަށް ނިދިން. އެކަމަކުވެސް ނިދަން އެނދަށް މި އަރަނީ.

ޔާމީން: މުޅި މަހަށްވާ ވަރަށްތަ އިސްތިރި ތިކުރަނީ

ސެލިން: ހަހަހަ.

ސެލިން: މި އޮތީ އެނދުމަތީގައި.

ސެލިން: ގެއަށް ދެވިއްޖެ؟

ސެލިން: ލޯބިވާ؟

ސެލިން: ނިދުނީތަ؟

ސެލިން: ނިދުމުގެ ކުރިން އަޑު އަހަން ބޭނުން.

ސެލިން: ލޯބިވާ؟ ގެއަށް ދެވުނުކަމަށް އުންމީދުކުރަން.

ސެލިން: ޖާން އޭ ތީ. ގެއަށް ދެވުނުކަން ކަށަވަރުކުރާނީ ކިހިނެއް؟

ސެލިން: މައްސަލައެއް ނެތް. ހެޔޮނުވާނެ ހޭލެވުނީމަ ހަބަރެއް ވައްޗޭ.

ސެލިން: ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް އުންމީދުކުރަން. ވަރަށް ހަނދާންވޭ.

ސެލިން: ހާޓް އިމޯޖީއެއް.

ސެލިން: ލޯބިވާ. މިހާރު ވަރަށް ކަންބޮޑުވެއްޖެ. ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ.

ޔާމީން ރަޝީދު (ވ) އާއި އޭނާގެ ލޯބިވެރިޔާ (ކ) ސެލިން

ޔާމީންގެ ޚަބަރެއް ނުވެގެން ފުލުފުލުގައި ސެލިން ފޮނުވަމުން ގެންދިޔަ މެސެޖްތަކާއެކު އޭނާގެ ހިތައް ފުރަތަމަ އެރީ ފުލުހުން ޔާމީން ހައްޔަރު ކުރީ ކަމަށް، ސެލިން ބުންޏެވެ.

ސެލިން ބުނީ ޔާމީން މިހާރު ދުނިޔޭގައި ނެތްކަމީ ހަގީގަތެއް ކަން އޭނާއަށް ގަބޫލު ކުރަންޖެހިފައިވާ ކަމަށާއި އެކަމަކު ޔާމީންއާ ނުލާ ދިރިއުޅޭނެ ގޮތެއް އޭނާއަށް ނުވިސްނޭ ކަމަށެވެ.

ޔާމީންއާ ސެލިން ވިސްނާފައި އޮތީ، ސެލިން ޖުލައި މަހު ރާއްޖެއައިސް، ދެމީހުން އެކުގައި ރާއްޖެއިން ފުރައިގެން ދިއުމަށެވެ.

އެ އުއްމީދު ގައި ހުރި ސެލިންއަށް މި ލިބުނު ފުން ހިތާމައާއެކު އޭނާއަށް ރޭގަނޑު ރަނގަޅަށް ނުނިދޭ ކަމަށް ވަރަށް އަސަރާއެކު ކިޔައިދިނެވެ. ސެލިން މިހާރު އުޅެމުންދަނީ އެ ލިބުނު ހިތްދަތި ކަމާއެކު ނަފްސާނީ ޑޮކްޓަރެއްގެ އިރުޝާދާ އެކުގައެވެ.

"ޔާމީން ދެން އެނބުރި ނާންނާނެކަން ހިތައް އަރާ، ރޭގަނޑު ރަނގަޅަށް ނުނިދޭ" ސެލިން ބުންޏެވެ.

ސެލިން ބުނީ އަބަދުވެސް ހަނދާންވަނީ ޔާމީން މަތިން ކަމަށެވެ. ޔާމީން މަރާލި ރޭ އޭނާ ގެއަށްދިޔަ މަގުމަތީގައި ގުޅައިގެން ހުރެވުނު ނަމަ ހާދަ ރަނގަޅުވީހޭ ހިތަށް އަރާކަމަށްވެސް ސެލިން ބުންޏެވެ. އެހެން ނަމަ ފަހަރެއްގައި ހަމަލާދޭ މީހުން ފަސްޖެހިދާނެ ކަމަށްވެސް ހިތައް އަރާ ކަމަށް ސެލިން ބުންޏެވެ.

އުފާވެރި ދިރިއުޅުމަކަށް ސެލިންއާ ޔާމީން ކުރި އުއްމީދު ވިއްސިވިހާލި ކޮށްލީއެވެ. ހިތްއެދޭ ބައިވެރިޔާއެކު ހަޔާތުގެ ދުވަސްތައް ހޭދަކުރުމަށް ޔާމީން އާ ސެލިން ދެކެމުން ދިޔަ ހުވަފެންތައް އަނިޔާވެރިންގެ ޚަންޖަރުތަކުން ނެތި ކޮށްލީއެވެ. އެކުގައި ހީ ސަމާސާކޮށް އުޅުނު ދެ ލޯބިވެރިން އަބަދުގެ އަބަދަށް ދެތަން ކޮށްލީއެވެ. އެކަމަކު ޔާމީންގެ ހަނދާންތައް އެ ތޫނު ޚަންޖަރަކުންވެސް ސެލިންއާ ވަކި ނުކުރެވޭނެ ކަން ސެލިން ގެ ވާހަކަތަކުން ޔަގީން ވެއެވެ. ސެލިން ހުރީ ޔާމީނަށް އިންސާފު ހޯދައިދޭން ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
30 އޭޕްރިލް 2017 | އާދީއްތަ 18:27
ހުސެން
މިކޮމެންޓް ތައް ފެނުނީމަ ހިތައްއަރާ ދިވެހިންގެ ގިނަ މީހުންނަކީ މިހާ ނުބައި ގޮތެއްްފޮތެއް ނެތް ބައެއްބާއޭ ނުވަތަ އެފަދަ ނުބައި ބަޔަކީ މި ކޮމެންޓް ކުރާ ވަހީދު ، ޒައިން ފަދަ މަދުމީހަކުބާއޭ؟ ދިވެހިންގެ އިންސާނިއްޔަތުކަން ގެއްލުނީ ކޮން ހިސާބަކުންބާއޭވެސް ހިތައްއަރާ
30 އޭޕްރިލް 2017 | އާދީއްތަ 14:10
ނީލަމް
ޔާމީނު ޤަތުލުވެގެން ދިޔާމަތޯ އޭނާގެ އުނިކަންކަމުގެ ވާހަކަދައްކަންވީ؟ ބަލަ އޭނާގެ ފަރާތުން އިސްލާމްދީނާއި ޚިލާފުކަމެއް ފެނުމުން ނުވަތަ ދީނާއި ޚިލާފަށް އޭނަ ދެއްކިވަހަކައެއްގެ އަޑުއިވުމުން އެކަން އެގޭފަރާތްތަކުން ކީތްވެތޯ އޭނާ އިސްލާހުކުރުމަށް މަސައްކަތް ނުކުރެއްވީ؟ އެއްވެސް ކަމަކާ ގުޅިގެން މިކަހަލަ އަނިޔަވެރިގޮތަކަށް އިންސާނެއްގެ ފުރާން ދުއްވާލުމަކީ އެއީ އިސްލާމްދީނުގައި އެކަންކުރުމަށް އޮންނަ އެންމެ ރަނގަޅުތޯ؟ ދާދިފަހުންވެސް ފެނިގެންގޮސްފައިވޭ ތިމްނަނައަކީ އިސްލާމްދީން ޤަބޫލުނުލުރާމީހެކޭ ބުނެ މީހަކު އިޢުތިރާފުވީމަންޒަރު. އެކަމަކު ޚަބަރުލިބެނީ ބަޔަކު އޭނާއަށް ނަޞޭޙަތްދިނުމުން ތައުބާވެ އޭނާ މިހާރު ރަނގަޅަށް އުޅޭކަމަށް. މިގޮތަށް މީހުން ޤަތުލުކުރެވޭނަމަ ދިވެހިރާއްޖޭގައި ކުރުމުސްތަޤުބަލެއްގައި އުޅޭނީ މަދަުބައެއްކަމަށް ޤަބޫލުކުރެވޭ. ސަބަބަކީ މީޑިޔާތަކުގަ ހުންނަ ލިޔުންތަކަށް ބަލާއިރު އިސްލާމްދީނާއި ޚިލާފުކަމަށް ބަޔަކު މީހުން ޤަބޫލުކުރާ އެތައްކަމެއް މިޤައުމުގައި ހިގަމުން އެބަދޭ.
30 އޭޕްރިލް 2017 | އާދީއްތަ 10:39
enmme heyo edhey
Habaru fathuraa meehunves ebajehey furathama rangalhu vaan، hama konme ehcheh liyelumaky maakah rangalhu kameh noon.
30 އޭޕްރިލް 2017 | އާދީއްތަ 10:20
Naaz
Dhivehi kithanme firihenaku adhi anhenunves gairu Muslim meehunnaa loabeege gothun gulhunhingaa, adhi indhegenves ebaulhey, engifa vaagothugaa gina Muslim firihenun indhegen eulhenee gairu Muslim anhenun islaam kohgen Alhamdhlillaah, yaameen rasheedh ves edhuvahaa hamayah dhuniyega hurinama selin ves Islam dheen gabool kuraane kamah umeedh kurevun,
30 އޭޕްރިލް 2017 | އާދީއްތަ 08:52
ވަހީދު
އިސްލާމުންގެ ތެރެއަށް ރަލާއި ކަސްބީ އަންހެނުން ވައްދާލީމަ އެމީހުންގެ ބާރު ކެނޑިދާނެ ކަމަށް ސޮލީބީ ހަނގުރާމައިގައި މުސްލިމުންގެ އަތްދަށުވި ސޮލީބީ ރަސްކަމެއް ކަމަށްވާ ލުއިސް ފްލިޕް 9 ބުނެފައިވޭ، އެއީ ހަމަ ހަގީގަތް. ދެން ފެނިގެން ދިޔައީ ތުރުކީގައި އޮތް އިސްލާމީ ޚިލާފަތު ވައްޓާލާން އިސްލާމީ އުންމަތް ފުޑާލައި މުސްލިމް އަންހެނުންގެ އިއްފަތް ފޭރި ކުޑަކުދިން މަރުމެއް ސޮލީބީން ފޫގެޅިތަން، އެމީހުންގެ ހަމަލާއަކަށްވީ ސޮލީބީ އަންހެނަކާއި ތުރުކީގެ ބާރުގަދަ އާއިލާއެއްގެ ފިރިހެނަކާއި ގާތްގުޅުން އުފައްދައި ދަރިއަކު އުފަން ކުރެވޭތޯ ބެލުން، އެގޮތުން ދަރިއަކު އުފަންކޮށް މުސްތަފާ އަތާތުރުކު ކިޔާ ނަނަދިން، ދެން އޭނާއަށް ވެރިކަން ހޯދައިދީ، އިސްލާމީ ޚިލާފަތު އުވާލީ، އަދު މުސްލިމުންގެ ބާރު ކެނޑި މީހުން ގަތުލުވަމުން މިދަނީ އެރޭވުމުގެ ސަބަބުން. މިކަންކަން ދަންނަ މީހުން މަޑުން ނުތިބޭނެ. ކާފަރުން ގިނަވެ އެމީހުން އައިސް މުސްލިމުން މަރާ ހުސްކުރަންދެން، މުސްލިމުން ނުތިބޭނެ. ޔާމީން ވެސް ފާޑެއްގެ އަންހެނަކާއި ރައްޓެހި ވެގެން މުރުތައްދު ވާހަކަ އާއްމު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން. މިއާރޓިކަލުން ވެސް އެބަ އެނގޭ އެއަންހެންމީހާގެ ހަގީގަތް.
30 އޭޕްރިލް 2017 | އާދީއްތަ 00:25
ސޭޑް
ވަރަށް ދެެރަ ވެއްޖެ :(
29 އޭޕްރިލް 2017 | ހޮނިހިރު 22:35
Eyns
Insaanehge maraalumaky varah bodu kusheh. Ekamaku gairu muslumakaa muslimakaa dhemedhu, amudhun hiley anhennakaa firihenakaa dhakkaafa huri lobeege vaahakathah public noohehja Jahumaky varah hadi kameh.
29 އޭޕްރިލް 2017 | ހޮނިހިރު 20:23
Ahmad
Bala thi selin akee islaameh tha enme furathama.. Keeve yo police hayyaru kuree kamah selin heekuree
29 އޭޕްރިލް 2017 | ހޮނިހިރު 18:12
ޒައިން
މިއީ ދޯ ޔާމީނު ދީނާދެކޮޅުވާހަކަތައް ދައްކާ ސަބަބަކީ ފަރަންޖީ އަންހެނެއްގެ ދަލުގަ ޖެހިގެން؟ މިއީ މިއުޅޭ ދިވެހިން ބުނާނެ ވާހަކަ މި އާޓިކަލް ކިޔާފަ... ޔާމީނަށް ދޯ އެނގޭނި އޭނާ އިންނާނެ މީހަކާ ރައްޓެހިވާނެ މީހެއް. މީހަކު ހެދުން އަޅާ ގޮތަކުން މީހަކު ލިޔާ ޢެއްޗަކުން އޭނާ މަރުމުގެ ހައްގެއް ނޯންނާނެ. އެހެންނަމަ އެންމެންވެސް ތިބޭނި މަރަންޖެހިފަ ސަސަބަކީ ދެމީހެއްގެ ހިޔާލު އެއްގޮތެއް ނުވާނެ
29 އޭޕްރިލް 2017 | ހޮނިހިރު 17:10
ކިޔުން ތެރިޔާ
ކީއްވެ ދެ މީހުންގެ ޗެޓް ލޮގުގެ ސްކްރީން ޝޮޓް ނުލީ...ތިހާވަރަށް ތަރުޖަމާކޮށްފަ ނުލިޔުނަސް ކިޔަން އިނގޭނެ..އަދި އެހެން ނޫނަސް ސްކްރީން ޝޮޓު ލި ނަމަ އެންމެންނަށް ވެސް ޤަބޫލުކުރަންވެސް ތަންކޮޅެއް ފަސޭހަ ވާނެ.