ކ. މާލެ
|
17 ޖެނުއަރީ 2021 | އާދީއްތަ 12:37
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދު
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދު
ވެސެލް ލޮކޭޓިން ޑިވައިސް ހަރުކުރުން
ވެސެލް ލޮކޭޓިން ޑިވައިސްއާއެކު ރާއްޖެ ވެގެންދާނީ ނިޒާމެއްގެ ތެރެއިން މަސްދޯނިތައް ބެލެހެއްޓޭ ފުރަތަމަ ގައުމަށް - މިނިސްޓަރ
މި ޑިވައިސްތައް ހަރުކުރުމުގެ ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ފްލީޓަކީ ބެލެެހެއްޓިގެން ހަރުދަނާ ނިޒާމެއްގެ ތެރެއިން ހަރަކާތްތެރިވާ ފްލީޓަކަށް ހެދުން
މީގެ މައުލޫމާތަކީ ހަމައެކި ރާއްޖޭގެ ކޯސްޓް ގާޑަށާއި މިނިސްޓްރީއަށް އަދި ދޯނީގެ ވެރިފަރާތަށް އެނގޭނެ މައުލޫމާތު
މި ޑިވައިސްތައް ހަރުކުރުމުގެ އެއް ބޭނުމަކީ އޮޑިދޯނިފަހަރުގެ މުވާސަލާތީ ކަންތައްތައް އިތުރަށް ހަރުދަނާކުރުން

ރާއްޖޭގެ މަސްދޯނިތަކުގައި ވެސެލް ލޮކޭޓިން ޑިވައިސް ހަރުކުރެވުމާއެކު ރާއްޖެ ވެގެންދާނީ ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސްދޯނިތައް ބެލެހެއްޓޭ ފުރަތަމަ ގައުމަށް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސްވެރިކަމަކީ އެހެން ގައުމުތަކާ ތަފާތުކޮށް ކުރިއަރުވާ ސިނާޢަތެއްކަން ފާހަގަކުރައްވާ ރާއްޖެޓީވީގެ ވިޔަފާރި މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މަސްދޯނިތަކުގައި ވެސެލް ލޮކޭޓިން ޑިވައިސް ހަރުކުރެވުމުން، ކުރިއަރަމުންދާ މަސްވެރިކަމެއްގައި ބެލެހެއްޓުމުގެ ނިޒާމު ވަރަށް ވަރުގަދަ ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށެވެ.

ވީހާވެސް އަވަހަކަށް ވެސަލް ލޮކޭޓިން ޑިވައިސްތައް ދޯނިތަކުގައި ހަރުކޮށްދެއްވުމަށް އެދެމުން މިނިސްޓަރ ވަނީ މި ޑިވައިސްތައް ހަރުކުރުމުގެ ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ފްލީޓަކީ ބެލެެހެއްޓިގެން ހަރުދަނާ ނިޒާމެއްގެ ތެރެއިން ހަރަކާތްތެރިވާ ފްލީޓަކަށް ހެދުން ކަމަށް ވިދާޅުވެފައެވެ.

މިކަމާ ދޭތެރޭ ޝައްކު އުފެދޭ ފަރާތްތައް އެބަ ތިބި ކަމަށާއި އެހެން ނަމަވެސް މީގެ މަޢުލޫމާތަކީ ހަމައެކަނި ރާއްޖޭގެ ކޯސްޓް ގާޑަށާއި މިނިސްޓްރީއަށް އަދި ދޯނީގެ ވެރިފަރާތަށް އެނގޭނެ މަޢުލޫމާތުކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އޮޑިވެރިޔާއަށް މިކަމުގައި މަންފާ އެބައޮތް ކަމަށާއި މި ޑިވައިސްތައް ހަރުކުރުމުގެ އެއް ބޭނުމަކީ އޮޑިދޯނިފަހަރުގެ މުވާސަލާތީ ކަންތައްތައް އިތުރަށް ހަރުދަނާކުރުން ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތަކީ އުރީދޫ މޯލްޑިވްސް އާ ގުޅިގެން ކުރެވޭ މަސައްކަތެއް ކަމުން މި ޑިވައިސް އިން ލިބޭ ޕެކޭޖްތަކުން ފަސޭހަ ކަމާއެކު މުވާސަލާތީ ގުޅުމަށް ހޭދަކުރަންޖެހޭ ޚަރަދު ކުޑަވާނެ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފަސޭހަކަމާއެކު ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވެސަލް ލޮކޭޓިން ޑިވައިސް ތަކަކީ ސަރުކާރުން ހުރިހާ މަސްވެރި އުޅަނދުތަކެއްގައި ހަރުކޮށްދެމުންދާ 65،746 ރުފިޔާގެ ޑިވައިސްއެކެވެ. މިއި ވޯލްޑް ބޭންކްގެ އެހީގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހިންގަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

- ކޮމެންޓް