ކ. މާލެ
|
28 ޑިސެންބަރ 2020 | ހޯމަ 15:42
2018 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބު
2018 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބު
އެފްއޭއެމް
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވެވޭނެ
މިދިޔަ ދެ އަހަރުވެސް ތިންވަނަ ޑިވިޝަން ބާއްވާފައެއް ނުވޭ

އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތިންވަވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ، ސްޕޯޓްސް ކޮމިޝަނުގައާއި މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ އެ އެސޯސިއޭޝަނުގެ މެންބަރު ކުލަބު، ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަދި އެސޯސިއޭޓް މެންބަރު ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ސްޕޯޓްސް ކޮމިޝަނުގެ ރަޖިސްޓްރީއާ އެއްކޮށް އަންނަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އަދި "ފީފާ ކަނެކްޓް ސިސްޓަމް" ގައި މި މުބާރާތުގައި ބައިވެރިވާ ކުލަބު ރަޖިސްޓްރީ ކުރަން ބޭނުންވާ ކުލަބުތަކުން އެ ކުލަބުގެ ލިޔެކިއުންތައް ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ 14:00ގެ ކުރިން[email protected]އަށް އީމެއިލް ކޮށްދެއްވުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ. އަދި އެފްއޭއެމުން ހާމަކޮށްފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ލިޔެކިއުމެއް ނެތްނަމަ، ކުލަބުގެ ލެޓާ ހެޑުގައި ސިޓީއެއް ހުށަހެޅުމަށްވެސް އެފްއޭއެމުން ވަނީ އެދިފައެވެ.

އަންނަ އަހަރު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބޭއްވުމަށް އެފްއޭއެމުން ނިންމިއިރު، މިދިޔަ ދެ އަހަރުވެސް މި މުބާރާތް ބާއްވާފައެއް ނުވެއެވެ. އެންމެ ފަހުން މި މުބާރާތް 2018 ވަނަ އަހަރު ބޭއްވިއިރު، އެ ފަހަރު ޗެމްޕިއަންކަން ހޯދީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބެވެ. އެ މުބާރާތުގައި 31 ޓީމު ވަނީ ވާދަކޮށްފައެވެ.

- ކޮމެންޓް