ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 15:48
ބުރާސްފަތި ދުވަހު މި ގޮވުން  ގޮވާފައިވާ ސަބަބެއް އަދި އެނގިފައެއް ނުވޭ
ބުރާސްފަތި ދުވަހު މި ގޮވުން  ގޮވާފައިވާ ސަބަބެއް އަދި އެނގިފައެއް ނުވޭ
ގޫގުލް
ސީރިޔާ ހަނގުރާމަ
ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
އެއްވެސް މީހަކަށް ހާނީއްކައެއްވީ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެޭ
ބޮޑު އަލިފާންގަނޑެއް ފެނިގެން ގޮސްފައިވޭ

ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮވައިފި ކަމަށް ސީރިއަން އޮބްޒަރވޭޓޮރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފިއެވެ.

"ގޮވުމަކީ ބާރުގަދަ ގޮވުމެއް،މުޅި ދިމިޝްގަށް އަޑުއިވިގެންދާނެ" އިނގިރޭސި ވިލާތުގަައި ގާއިމްވެފައިވާ ސީރިއަން އޮބްޒަރވޭޓޮރީ ފޯ ހިއުމަން ރައިޓްސްގެ ވެރިޔާ ރަމީ އަބްދުއް ރަހްމާން ވިދާޅުވިއެވެ.

މި އެއާޕޯޓް އޮންނަނީ ސީރިޔާގެ ވެރިރަށުގެ އިރުދެކުނުން 25 ކިލޯމީޓަރު ދުރުމިނުގައެވެ.

ގޮވުމާއެކު ބޮޑު އަލިފާންގަނޑެއް ފެނިގެން ގޮސްފައިވެއެވެ.އެއްވެސް މީހަކަށް ހާނީއްކައެއްވީ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެެއެވެ.

ބުރާސްފަތި ދުވަހު މި ގޮވުން  ގޮވާފައިވާ ސަބަބެއް އަދި އެނގިފައެއް ނުވެެއެވެ.

ލުބުނާނުގެ ޝީއީ ހަނގުރާމަަވެރިންގެ ޖަމާއަތް ،ހިޒްބުﷲ އިން ހިންގާ އަލް މަނާރު ޓީވީ ޗެނަލުން ބުނީ މި ގޮވުމަކީ އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްކަމަށް ވެދާނެކަމަށެވެ.

އެ ޗެނަލުުން ބުނީ މި ގޮވުމުގައި ހަމައެކަނި ގެއްލުންވެފައިވަނީ ތަކެއްޗަށް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް