ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 16:24
ކޮރޯނާ ވައިރަސް އިން ދިފާއުވުމަށް ގިނަ ގައުމުތަކެއްގައި ވެކްސިންދޭން ވަނީ ފަށާފައި
ކޮރޯނާ ވައިރަސް އިން ދިފާއުވުމަށް ގިނަ ގައުމުތަކެއްގައި ވެކްސިންދޭން ވަނީ ފަށާފައި
ކޮރޯނާ ވައިރަސް ވެކްސިން
އޫރުގެ ޖެލަޓިން ކޮރޯނާ ވައިރަސް ވެކްސިންގައި ހުއްޓަސް ހުއްދަވާނެ: ޔޫއޭއީ ފަތުވާ ކައުންސިލް
ފަތުވާ ކައުންސިލުން ބުނީ މިހާލަތުގައި އޫރުގެ ޖެލަޓިން އަކީ ބޭހެއް ކަމަށް

އޫރުގެ ޖެލަޓިން ކޮރޯނާ ވައިރަސް އިން ދޭ ވެކްސިން ގައި އެކުލެވުނު ކަމުގައި ވިޔަސް ވެކްސިން މުސްލިމުންނަށް ހުއްދަވާނޭ ކަމަށް ބުނެ ޔުނެއިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފަތުވާ ކައުންސިލުން ފަތުވާ ނެރެފިއެވެ.

މި ފަތުވާ ނެރުނީ، އޫރުގެ ޖެލަޓިން ވެކްސިންގައި ހިމެނުމަކީ އިސްލާމީ ޝަރީއަތުގައި ވެކްސިން ހަރާމްވާނޭ ކަމެއް ކަމަށް ބުނެ ބައެއް މުސްލިމުންގެ މެދުގައި ޝައްކުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ޔޫއޭއީގެ އިސްލާމް ދީނުގެ ކަންކަމާ މެދު ބަސްބުނާ އެންމެ މަތީ ކައުންސިލްގެ ގެ ޗެއަރމަން ޝެއިޚް އަބްދުﷲ ބިން ބައްޔާހް ވިދާޅުވީ، އާއްމު އުސޫލުގެ މަތިން އޫރާ މެދު އޮންނަ ހުކުމް ކޮރޯނާ ވައިރަސްގެ ވެކްސިންގައި އޫރުގެ ބައެއް ހިމެނުމަކުން އެ ވެކްސިންއާ ގުޅޭ ގޮތުން ބޭނުން ނުކުރެވޭނެ ކަމަށާއި އެއީ އިންސާނުންގެ ހަށިގަނޑު ރައްކާތެރި ކުރުމަށް އެ ވެކްސިންގެ ބޭނުން މާ ބޮޑު ކަމަށްވާތީ ކަމުގައެވެ.

ކައުންސިލުން ބުނެފައިވަނީ އޫރުގެ ޖެލަޓިން މިހާލަތުގައި ބެލެވޭނީ ބޭހެއްގެ ގޮތުގައި ކަމަށާއި، ކާނާ އެއްގެ ގޮތުގައި ނޫން ކަމުގައެވެ.

އޫރުގެ ޖެލަޓިން އަކީ ރޯގާ ވެކްސިންގެ އިންގްރީޑިއަންޓްސް ގައި އާއްމުކޮށްވެސް އެކުލެވޭ އެއްޗެކެވެ.

- ކޮމެންޓް