ކ. މާލެ
|
21 ޑިސެންބަރ 2020 | ހޯމަ 08:24
ސައުދީ އަރަބިއްޔާގެ ބޯޑަރު ބަންދު ކުރުމާއެކު ކުރިއަށް ހަފްތާގައި އެގައުމަށް ކުރެވޭނީ ހަމައެކަނި އިމަޖެންސީ ބޭނުންތަކައް ކުރާ ދަތުރުތައް
ސައުދީ އަރަބިއްޔާގެ ބޯޑަރު ބަންދު ކުރުމާއެކު ކުރިއަށް ހަފްތާގައި އެގައުމަށް ކުރެވޭނީ ހަމައެކަނި އިމަޖެންސީ ބޭނުންތަކައް ކުރާ ދަތުރުތައް
ސައުދީ ގެޒެޓް
ކޮރޯނާވައިރަސްގެ އައު ބާވަތް
ވައިރަހުގެ އައު ބާވަތެއްގެ ނުރައްކަލާއެކު ސައުދީގެ ބޯޑަރު ބަންދުކޮށްފި
ބޯޑަރު ބަންދުކުރީ ހަފްތާއަކަށް

ކޮރޯނާވައިރަސްގެ އައު ބާވަތެއް ދުނިޔޭން ފެނުމާއެކު، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ހަފްތާއެއްގެ މުއްދަތައް ސައުދީގެ ބޯޑަރު ބަންދުކޮށް އެއްގަމު މަގުންނާއި ވައިގެ މަގުން އެ ގައުމަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ސައުދީގެ އިންޓީރިއާ މިނިސްޓްރީން ހަމަޖައްސައިފި ކަމަށް ސައުދީ ޕްރެސް އެޖެންސީން އާދިއްތަ ދުވަހު ބުނެފިއެވެ.

ކޮރޯނާވައިރަސްގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނުމާއެކު ކެނެޑާއިންނާއި ޔޫރަޕްގެ ގައުމުތަކުންވެސް ވަނީ އިނގިރޭސިވިލާތާ އެ ގައުމުތަކާ ދެމެދު ކުރެވޭ ވައިގެ ދަތުރުތައް ހުއްޓާލާފައެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ، ހަފްތާއެއްގެ މުއްދަތައް އެ ގައުމުގެ ބޯޑަރު ބަންދު ކުރުމަށް ނިންމި ނިންމުން ހާލަތައް ބަލައި އިތުރު ކުރަން ޖެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައެވެ.

ސައުދީގެ ބޯޑަރު ބަންދު ކުރި އިރު، ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ޑިސެމްބަރ 15 ގައި ވަނީ ފަށާފައެވެ. އެގައުމުގެ ސިއްހަތާ ބެހޭ މިނިސްޓްރީން ބުނެފައިވަނީ، ވެކްސިން ޖެހުމަށް މިހާތަނަށް ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީވެފައިވާ ކަމަށެވެ.

ސައުދީގައި ޖަހަމުންދާ ފައިޒާ-ބަޔޯއެންޓެކް އިން އުފައްދާފައިވާ ކޮވިޑް-19 އަށް ދޭ ވެކްސިން އަކީ، ފުރިހަމަ ރައްކާތެރިކަން ލިބިގަތުމަށްޓަކައި ފުރަތަމަ ޑޯޒް ޖަހާތާ 12 ނުވަތަ 14 ދުވަސް ފަހުން އޭގެ ދެވަނަ ޑޯޒް ޖަހަންޖެހޭ ވެކްސިންއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް