ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 01:29
ގައުމީ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން
ގައުމީ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން
އެފްއޭއެމް
ކުޅިވަރު މުބާރާތްތައް ބޭއްވުން
ކުޅިވަރު މުބާރާތްތައް ބާއްވަން ހުއްދަދީފި
އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުޅިވަރު މުބާރާތްތައް ބޭއްވޭނެ
މުބާރާތްތައް ބާއްވަން ޖެހޭނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް

އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ހުއްދަދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ބުރާސްފަތި ދުވަހުގެރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުޅިވަރު މުބާރާތްތައް ބާއްވަން ހުޅުވާލާ ކަމަށެވެ.

ކުޅިވަރު މުބާރާތްތައް ބާއްވަން ހުއްދަ ދިންއިރު، މީގެ ކުރިން މާލެ ސަރަހައްދުގައި ކުޅިވަރުތައް ކުޅުމަށް ލުއި ދީފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ފަހަރު އެޗްޕީއޭއިން ވަނީ ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުއްދަ ދީފައެވެ.

އާދީއްތަ ދުވަހުން ފެށިގެން ކުޅިވަރު މުބާރާތްތައް ބޭއްވޭއިރު، އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި މަހުގެ އަށްވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވަނީ ފަށާފައެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ސަޕޯޓަރުން ނުވައްދައި މެޗުތައް ކުރިއަށްދާއިރު، މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ކުރިއަށްދަނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ހާއްސަ އުސޫލުތަކަކާ އެއްގޮތަށެވެ. އެގޮތުން ލީގުގެ ފެށުމުގެ ކުރިން ލީގުގައި ވާދަކުރާ ޓީމުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް