ކ. މާލެ
|
16 ޑިސެންބަރ 2020 | ބުދަ 14:28
2021 ވަނަ އަހަރު ނިމެންވާއިރަށް އުފެއްދޭނެ ކަމަށް ލަފާކުރެވެނީ 5.96 ބިލިއަން ޑޯޒް ވެކްސިން
2021 ވަނަ އަހަރު ނިމެންވާއިރަށް އުފެއްދޭނެ ކަމަށް ލަފާކުރެވެނީ 5.96 ބިލިއަން ޑޯޒް ވެކްސިން
ރޮއިޓަރސް
ގައުމުތަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުން
ދުނިޔޭގެ ފަސްބައި ކުޅަ އެއްބަޔަށް އަންނަ އަހަރުވެސް ވެކްސިން ނުލިބިދާނެ: ދިރާސާ
 
ނޮވެމްބަރ މަހުގެ މެދުތެރެއާއި ހަމައަށް ގައުމުތަކުން ވަނީ ވެކްސިންގެ 7.48 ބިލިއަން ޑޯޒް ގަތުމަށް ޕްރީ-އޯޑަރ ކޮށްފައި
 
ފަގީރުގައުމުތަކަށް ވެކްސިން ނުލިބި ހިނގައިދާނެ ކަމުގެ ބިރު އެބައޮތް
 
މުއްސަނދި ގައުމުތަކުން ވަނީ މިހާރުވެސް 2021 ވަނަ އަހަރަށް އުފެއްދޭ ވެކްސިން ޑޯޒްތަކުގެ ދެބައި ކުޅަ އެއްބައި ގަނެފައި

އަންނަ އަހަރުވެސް ދުނިޔޭގެ އާބާދީގެ ފަސްބައި ކުޅަ އެއްބަޔަށް ކޮވިޑް-19 ވެކްސިން ނުލިބޭނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބުދަ ދުވަހު އާންމުކުރެވިގެންދިޔަ އެ ދިރާސާގައިވާ ގޮތުން ދުނިޔޭގެ މުއްސަނދި ގައުމުތަކުުން ވެކްސިން ގަންނަމުންދާ ރޭޓަށް ބަލައި 2022 ވަނަ އަހަރު އަންނަ އިރުވެސް ދުނިޔޭގެ އާބާދީގެ ހުރިހާ އެންމެންނަށް ވެކްސިން ނުލިބޭނެއެވެ. އެގޮތުން ދުނިޔޭގެ އާބާދީގެ 14 އިންސައްތަ ހިއްސާކުރާ މުއްސަނދި ގައުމުތަކުން ކޮވިޑް-19 ވެކްސިން އުފެއްދުމުގެ އެންމެ ކުރީ ސަފުގައި އުޅޭ ކުންފުނިތަކުން އުފައްދާ ވެކްސިންތަކުގެ ތެރެއިން 2021 ވަނަ އަހަރަށް އުފެއްދޭ ވެކްސިން ޑޯޒްތަކުގެ ދެބައި ކުޅަ އެއްބައި މިހާރުވެސް ގަނެފައިވާ ކަމަށް ދިރާސާތަކުންދައްކައެވެ.

އެހެންކަމުން މުއްސަނދި ގައުމުތަކުން ވެކްސިން ގަންނަ ރޭޓަށް ބަލައި، ފަގީރުގައުމުތަކަށް ވެކްސިން ނުލިބި ހިނގައިދާނެ ކަމުގެ ބިރު އެބައޮތްކަމަށް މާހިރުން ބުނެއެވެ.

ދިރާސާތަކުން ދައްކާގޮތުން ނޮވެމްބަރ މަހުގެ މެދުތެރެއާއި ހަމައަށް ގައުމުތަކުން ވަނީ ވެކްސިންގެ 7.48 ބިލިއަން ޑޯޒް ގަތުމަށް ޕްރީ-އޯޑަރ ކޮށްފައެވެ. 2021 ވަނަ އަހަރު ނިމެންވާއިރަށް އުފެއްދޭނެ ކަމަށް ލަފާކުރެވެނީ 5.96 ބިލިއަން ޑޯޒް ވެކްސިނެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް އުފައްދާ ވެކްސިންތަކުގެ 40 އިންސައްތަ ކުދި އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ލިބިދާނެ ކަމަށް ބެލެވުނު ނަމަވެސް މި ގައުމުތަކަށް ވެކްސިން ލިބޭނީ މުއްސަނދި ގައުމުތަކުން ގަންނަ ވެކްސިންގެ ޑޯޒްތަކަށް އެގައުމުތަކުން އަމަލުކުރަން ނިންމާގޮތެއްގެ ސަބަބުން ކަމަށް ދިރާސާގައި ބުނެއެވެ.

މިފަދަ ގޮންޖެހުންތަކުން އަރައިގަނެ ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ހަމަހަމަކަމާއި އެކު ވެކްސިން ފޯރުކޮށްދިނުމުގެ މަގްސަދުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮވެކްސް ފެސިލިޓީ ގާއިމްކޮށްފައިވާއިރު، އެ ފެސިލިޓީގެ އަމާޒަކީ 2021 ވަނަ އަހަރު ނިމެންވާއިރަށް ވެކްސިންގެ 2 ބިލިއަން ޑޯޒް ހޯދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި