ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 22:41
މޮޑާނަރއިން ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު
މޮޑާނަރއިން ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު
ނިއުޔޯކް ޓައިމްސް
މޮޑާނާ ކޮވިޑް ވެކްސިން
މޮޑާނާގެ ވެކްސިން ރައްކާތެރި، މި ހަފްތާ އެފްޑީއޭއިން ގޮތް ނިންމާނެ
 
މޮޑާނަރ ވެކްސިނަކީ ކޮވިޑް-19 އަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއް
 
މޮޑާނަރ ވެކްސިން ކުޑަކުދިންނަށް ޓެސްޓުކޮށްފައި ނުވާތީ ވެކްސިން ދޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް
 
އެފްޑިއޭއިން ބުނީ މޮޑާނަރ ވެކްސިނަކީ ކޮވިޑް-19 އަށް ރައްކާތެރި ވެކްސިނެއް ކަމަށް

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި މޮޑާނާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށް އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ނިންމައިފިއެވެ.

އެފްޑީއޭއިން ވަނީ މޮޑާނާގެ ވެކްސިނަށް ހުއްދަ ދިނުމާއި މެދު ގޮތެއް މި ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށާއި މޮޑާނާގެ ވެކްސިނަށް ވެސް ހުއްދަ ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ފައިޒަރގެ ވެކްސިނަށް ހުއްދަދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިއަ ގޮތަށް ކަމަށް ބުނެފައެވެ.

އެގޮތުން މޮޑާނާ ވެކްސިނަށް ހުއްދަ ދިނުމުގެ ކުރިން ކަމާބެހޭ މާހިރުންނާއި އެކު ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސް ވެކްސިނަށް ހުއްދަ ދިނުމަށް ވޯޓުލާނެއެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތާއި ގުޅިގެން މޮޑާނާއިން ތައްޔާރުކޮށްފައިވާ ވެކްސިންގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން މިވެކްސިނަކީ ކޮވިޑް-19 އަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެކެވެ.

ޖެނުއަރީ މަހު މަސައްކަތް ފަށާފައިވާ މި ވެކްސިންގެ މަސައްކަތްތައް އެމެރިކާ ސަރުކާރުން 1 ބިލިއަން ޑޮލަރުގެ ފައިސާގެ އެހީ ފޯރުކޮށްދީފައިވާއިރު، ވެކްސިންގެ ރައްކާތެރި 100 މިލިއަން ޑޯޒް، ފޯރުކޮށްދިނުމަށް އިތުރު 1.5 ބިލިއަން ޑޮލަރު ދޭނެ ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ.

އެމެރިކާގެ 89 ސަރަހައްދެއްގައި މޮޑާނަރ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސްތިނެއްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު، މި ވެކްސިނަކީ ކުޑަކުދިންނަށް ރައްކާތެރި ވެކްސިނެއްތޯ ޓެސްޓު ކުރެވިފައި ނުވާތީ ވެކްސިން ޖާހާނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް