ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 22:27
ސައުދީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 360،000 އަށް ވުރެ މައްޗަށް އަރާފައި
ސައުދީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 360،000 އަށް ވުރެ މައްޗަށް އަރާފައި
އެންސީބީ ނިއުސް
ސައުދީގައި ކޮވިޑް ވެކްސިން ޖެހުން
ސައުދީގައި ދިރިއުޅޭ ރައްޔިތުން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން ހުޅުވާލައިފި
 
ސައުދީން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން
 
ރަޖިސްޓްރީ ވާން ޖެހެނީ ހެލްތު މިނިސްޓްރީގެ މޯބައިލް އެޕްލިކޭޝަން "ސިއްހަތީ" މެދުވެރިކޮށް
 
ސައުދީން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން ހުޅުވާލީ އަންގާރަ ދުވަހު

ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ރައްޔިތުން ކޮވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް އެ ގައުމުން ހުޅުވާލައިފިއެވެ.

ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް ހުޅުވާލާފައި ވަނީ އަންގާރަ ދުވަހުއެވެ. އެގޮތުން ސައުދީ ރައްޔިތުންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ އެހެނިހެން ގައުމުތަކުގެ ރައްޔިތުންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ އެ ވުޒާރާގެ މޯބައިލް އެޕްލިކޭޝަން "ސިއްހަތީ" މެދުވެރިކޮށެވެ. އަދި މިހާރު އެ ފުރުސަތު އެންމެނަށް ހުޅުވާލެވިފައިވާ ކަމަށް ސައުދީ އޮފިޝަލުން ވަނީ އެ ގައުމުގެ މީޑިއާތަކަަށް މައުލޫމާތު ދީފައެވެ.

ސައުދީން ފައިޒަރ އަދި ބޯއެންޓެކްގެ ކޮވިޑް-19 ވެކްސިނަށް ހުއްދަ ދީފައިވާއިރު، މި ވެކްސިނަކީ މިހާތަނަަށް ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ދައްކާ ގޮތުން ކޮވިޑް-19 އަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއް ކަމަށް ސައުދީން ބުނެއެވެ.

ސައުދީން އެ ގައުމުގައި ދިރިއުޅޭ ރައްޔިތުން ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، އެގައުމުގައި ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.

އެގޮތުން، ފުރަތަމަ މަރުހަލާގެ ދަށުން ވެކްސިން ދިނުމުގައި އިސްކަން ދޭނީ ހައިރިސްކް ކެޓަގަރީގެ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އިތުރުން އުމުރުން 40 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޯޑީ މާސް އިންޑެކްސް މަތި މީހުންނާއި ބަރުދަން އިތުރުވުމުގެ މައްސަލަ ދިމާވެފައިވާ މީހުން އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކުރުމަށް ސާޖަރީކޮށްފައިވާ ފަރާތްތަކާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި ސްޓްރޯކެއް ޖެހިފައިވާ މީހުންނަށް އިސްކަންދެވޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ސައުދީ ސަރުކާރުން ބުނީ ދެވަނަ މަރުހަލާގެ ދަށުން ވެކްސިން ދިނުމުގައި އިސްކަންދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި ދާއިމީ ބަލިތަކަށާއި ކެންސަރަށް ފަރުވާހޯދަމުންދާ ފަރާތްތަކަށާއި ފުރަތަމަ ބުރުގެ ދަށުން ވެކްސިން ދެވިފައިނުވާ ސިއްހީ އެހީތެރިންނަށް ކަމަށެވެ. ތިންވަނަ މަރުހަލާގެ ދަށުން ސައުދީ ސަރުކާރުން ވެކްސިން ދޭން ނިންމާފައި ވަނީ ފުރަތަމަ ދެ މަރުހަލާގައި ވެކްސިން ޖަހާފައިނުވާ ފަރާތްތަކުގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށެވެ.

ސައުދީން ވެކްސިން ޖެހުމުގެ މަސައްކަތްތައްކުރަމުންދާއިރު، އެ ގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 360،000 އަށް ވުރެ މައްޗަށް އަރާފައެެވެ. މިއީ މެދު އިރުމަތީގެ ގައުމުތަކަށް ބަލާއިރު ބޮޑު އަދަދެއް ނަމަވެސް، އާބާދީގެ ނިސްބަތުން ވައިރަސް ޖެހުނު މީހުންގެ އަދަދުތައް މަދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި