ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 07:56
މިވަގުތު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނީ 20,279,557 މީހުން
މިވަގުތު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނީ 20,279,557 މީހުން
ޒިންހުއާނެޓް
ދުނިޔޭގެ ކޮވިޑް-19 ގެ ހާލަތު
މުޅި ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 73 މިލިއަނަށްވުރެ މައްޗަށް
 
73,107,558 މީހުން ވަނީ މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
 
51,201,825 މީހުން ވަނީ ބަލިން ރަނގަޅުވެފައި
 
1,626,176 މީހުން ވަނީ ނިޔާވެފައި

މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 73 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ވޯލްޑޮމީޓަރ އިން ހާމަކޮށްފައިވާ އެންމެފަހުގެ މައުލޫމާތުތައް ދައްކާގޮތުން 73,107,558 މީހުން ވަނީ މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން 1,626,176 މީހުން ނިޔާވެފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 51,201,825 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު 20,279,557 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު، ކްރިޓިކަލް ކޮންޑިޝަންގައި ފަރުވާހޯދަމުންދަނީ 106,322 މީހުންނެވެ.

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު އެމެރިކާއިން ޕޮޒިޓިވްވެފައިވާ އިރު، އެގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16,889,035 އަރާފައެވެ. އަދި އިންޑިއާއިން 9,906,484 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ބްރެޒިލް އިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 6,927,145 މީހުންނެވެ.

މީގެ އިތުރުން ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރިފައިވާއިރު، އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައި ވަނީ ރަޝިއާއިންނެވެ. އެގައުމުން 2,681,256 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ފްރާންސްއިން 2,379,915 މީހުން ޕޮޒިޓިވްވެފައިވާ އިރު، އިނގިރޭސިވިލާތުން ޕޮޒިޓިވްވެފައި ވަނީ 1,869,666 މީހުންނެވެ.

އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑް-19 އަށް 10 ގައުމުގެތެރޭގައި ތުރުކީ، އިޓަލީ، ސްޕެއިން އަދި އާޖެންޓީނާވެސް ހިމެނެއެވެ. މި ގައުމުތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިލިއަނަކަށްވުރެ މައްޗަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް