ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 12:26
ހުޅުމާލޭގައި ހުރި ގެސްޓް ހައުސެއް
ހުޅުމާލޭގައި ހުރި ގެސްޓް ހައުސެއް
ރާއްޖެއެމްވީ
މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާލުން
ފަތުރުވެރިއަކަށް ހިދުމަތްދޭ ހިސާބުން ދެން އެ ގެސްޓްހައުސަށް ދިވެހިންނަކަށް ނުވަދެވޭނެ - ޓޫރިޒަމް މިނިސްޓްރީ
ހަމައެކަނި ދިވެހިންނަށް ހިދުމަތްދޭން ގެސްޓް ހައުސްތައް ހުޅުވާލެވޭނެ
ފަތުރުވެރިންނަށް ހިދުމަތްދޭ ގެސްޓް ހައުސްތަކަށް ދިވެހިންނަށް ހިދުމަތެއް ނުދެވޭނެ
މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާލަނީ ޑިސެމްބަރ 14 ގައި

ގެސްޓް ހައުސްތައް ހުޅުވާލުމުގެ ހުއްދަ މިހާރު ދެވިގެން މިދަނީ ހާއްސަ ހުއްދައެއްގެ ދަށުންކަން ފާހަގަކޮށް، ގެސްޓް ހައުސަކުން ފަތުރުވެރިއަކަށް ހިދުމަތްދޭ ހިސާބުން ދިވެހިންނަށް ހިދުމަތް ނުދެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްސޒެކުއިޓިވް ޑިރެކްޓަރ އަލީ ރައްޒާން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އޮޕަރޭޓިން ލައިސަންސް އޮތް ނަމަވެސް މިނިސްޓްރީ އިން ބަލިމަޑުކަމުގެ ތެރޭގައި ގެސްޓް ހައުސްތަކުން އަލުން ވިޔަފާރި ފަށަން ބޭނުންނަމަ ހާއްސަ ހުއްދައެއް ނަގަން ޖެހޭ ކަމަށެވެ.

މިހާރު ހެދިފައިވާ ގައިޑްލައިންތަކުގއިވާ ގޮތުން ގެސްޓް ހައުސަކަށް ފަތުރުވެރިއަކު ވަންނަ ހިސާބުން ދެން އެގެސްޓް ހައުސަކަށް ދިވެހިންނަށް ހިދުމަތް ނުދެވޭނެ ކަމަށް ރައްޒާން ފާހަގަކުރެއްވިއެވެ. އެހެން ކަމުން ޑިސެމްބަރ 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވިގެންދާ އިރު، ހަމައެކަނި ފަތުރުވެރިންނަށް ހިދުމަތްދީގެން ނުވަތަ، ހަމައެކަނި ދިވެހިންނަށް ހިދުމަތް ދިނުމަށް ގެސްޓް ހައުސްތައް ހިންގުމުގެ ފުރުސަތު އެބައޮތް ކަމަށް ރައްޒާން ވިދާޅުވިއެވެ.

ފަތުރުވެރިންގެ ބުކިން އަށް ބަލައި، ފަތުރުވެރިންގެ ޑިމާންޑް ހުރިގޮތުން ޓްރާންސިޓް ފެސިލިޓީތަލުގެ ގޮތުގައި ގެސްޓް ހައުސްތައް ހިންގުމަކީ އެންމެ ފައިދާހުރި ގޮތްކަމަށް ދެކި މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ގެސްޓް ހައުސްތައް ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރެވިގެން ދިޔަކަމަށް ރައްޒާން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކޮށް ރައްޒާން ވަނީ ޓޫރިޒަމް މިނިސްޓްރީ އިން އެޗްޕީއޭއާއި އެކު ކޮންމެ ދުވަހަކުވެސް މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ޑޮމެސްޓިކް ޓޫރިޒަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ކޮމްޕޯނެންޓެއްކަން ފާހަގަކުރަމުން ރައްޒާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލުއިދެވިގެންދާއިރު، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ދިވެހިންނަށް ހިދުމަތްދިނުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

- ކޮމެންޓް
13 ޑިސެންބަރ 2020 | އާދީއްތަ 14:37
ބޯހަލާކު
ފަތުރު ވެރިޔާ ވަރިހަމަ ދޯ މުޅިރަށުތެރެ ދުވިޔަސް؟