ކ. މާލެ
|
12 ޑިސެންބަރ 2020 | ހޮނިހިރު 13:00
އޮރެންޖަކީ ގިނަގުނަ ފައިދާތައް ލިބޭ މޭވާއެއް
އޮރެންޖަކީ ގިނަގުނަ ފައިދާތައް ލިބޭ މޭވާއެއް
-
އޮރެންޖުން ލިބޭ ފައިދާ
ކޮންމެ ދުވަހަކުވެސް އޮރެންޖެއް ކާލަމާތޯ؟
ގޮހޮރުގެ ފާރުން ރައްކާތެރިކޮށްދިނުމަށް އިސްދައުރެއް އަދާކުރޭ
ރާއްޖެބައްޔަށް ނުވަތަ ހުޅުތައް ދުޅަވުމުގެ މައްސަލަތަކުން ދުރުކޮށްދޭ
ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްކުރުމަށް އެހީވެދޭ

ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އެންމެން ވެސް ބޭނުންވެއެވެ. ނަމަވެސް ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކިހާވަރަކަށް މަސައްކަތް ކުރޭތޯ މިއީ އުފެދޭ ސުވާލެކެވެ. ދިރިއުޅޭ ބިޒީ މާހައުލުން ގިނަ ފަހަރަށް ކޮފީ ތައްޓަކުން ދުވަސް ނިންމާލާ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނުވާނެ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ނަމަވެސް މިއުސޫލު ދޫކޮށްލަން ޖެހެއެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ ބޭނުން ކުރަން ޖެހެއެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް މޭވާއެއް ނުވަތަ ތަރުކާރީއެއް ކެއުމުގައި ބޭނުން ކުރުމަކީ މީހާ ދުޅަހެޔޮކޮށް ހުރުމަށް އެހީވެދޭ ބާރެކެވެ.

އޮފީހުގެ މާހައުލުގައި ބިޒީކޮށް އުޅޭއިރު، ކެއުމުގައި ފަރުވާ ކުޑަ ކުރެވުނު ކަމުގައިވީ ނަމަވެސް މޭވާއެއް ކެއުމަކީ އެދެވިގެންވާ ކަމެކެވެ. އެގޮތުން އޮރެންޖަކީ ތަފާތު ވިޓަމިންތަކާއި، މައުދަންތައް، އަދި ހަށިގަނޑަށް ފައިދާހުރި ތަފާތު މާއްދާތަކުން މުއްސަންދި އަނގަޔަށް މީރު ހުތްފޮނި މޭވާ އެކެވެ.

އޮރެންޖުން ލިބޭ ފައިދާތަކަށް ބަލާއިރު، އޮރެންޖުގައި ހިމެނޭ ކޮމްޕައުންޑް އެއް ކަމުގައިވާ "ޑީ-ލިމޮނީން" ބައެއް ވައްތަރުގެ ކެންސަރުން ރައްކާތެރިވުމުގައި އެހީވެދެއެވެ. އެހެންކަމުން އޮރެންޖަކީ ކެންސަރުން ރައްކާތެރިކޮށް ދިނުމަށް އިސްދައުރެއް އަދާ ކުރާ މޭވާއެކެވެ.

ޮކޮންމެ ދުވަހަކު ވެސް އޮރެންޖެއް ކެއުމަކީ އެދެވިގެންވާ ކަމެއް

މީގެ އިތުރުން ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްކުރުމާއި، ލޭމައްޗަށްދިއުން ކުޑަކުރުން ނުވަތަ ލޭދަށްކޮށްދިނުމާއި، ރާއްޖެބައްޔަށް ނުވަތަ ހުޅުތައް ދުޅަވުމުގެ މައްސަލަތަކުން ދުރުކޮށް ދިނުމަށް އެހީވެދެއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އޮރެންޖުގައި އެންޓި-އޮކްސިޑެންޓް ހުރުމަކީ ހަމަށް ފްރީ ރެޑިކަލްގެ ސަބަބުން ލިބޭ އަނިޔާއިން މިންޖުކޮށް، އުމުރުން ދުވަސްވުމުން ހަމަށް އަންނަ ބަދަލުތައް ކުޑަކޮށްދޭނެ ކަމެކެވެ. އަދި ޑައެޓްރީ ފައިބަރު ގިނައިން ހުރުމަކީ ހަޖަމުކުރުމުގައި ބައިވެރިވާ ދިޔަތައް، މައިދާއާއި ގޮހޮރުގެ ސެލްތަކުން ދޫކުރުމަށް އެހީތެރިވެ، ގޮހޮރުގެ ހަރަކާތް އަވަސްކުރުވައި، ފަސޭހަ ކަމާއެކު ބޮޑުކަމުދިއުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން އޮރެންޖަކީ ގޮހޮރުގެ ފާރުން ރައްކާތެރިކޮށްދިނުމަށް އިސްދައުރެއް އަދާ ކުރާ މޭވާއެކެވެ.

މިފަދަ ގިނަގުނަ ފައިދާތައް އޮރެންޖުން ލިބޭއިރު، ކޮންމެ ދުވަހަކު ވެސް އޮރެންޖެއް ކެއުމަކީ ވަރަށް މުހިންމު ކަމަށެވެ. އާންމުކޮށް ބާޒާރުންނާއި، ފިހާރަތަކުން އޮރެންޖު ގަންނަން ލިބޭއިރު، ލިބޭ ހުސްވަގުތުގައި އޮރެންޖެއް ގަނެގެން ކެއުމުގައި ބޭނުން ކުރުމަކީ ބުރަ ކަމަކަށް ހަމަ ޔަގީނުން ވެސް ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
- ކޮމެންޓް