ކ. މާލެ
|
11 ޑިސެންބަރ 2020 | ހުކުރު 13:59
ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިއާއިން
ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިއާއިން
ރާއްޖެއެމްވީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް
ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރަނީ
ޑިސެމްބަރ 12 ވަނަ ދުވަސް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ފާހަގަކޮށްލެވޭ ދުވަހަކަށް
ޑިސެމްބަރ ނުވަ ވަނަ ދުވަހުގެ ނިޔަލަށް 94,543 ފަތުރުވެރިންވަނީ ރާއްޖެ އައިސްފައިވޭ
ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 477,390 ފަތުރުވެރިން

ބޯޑަރުތައް އަލުން ހުޅުވާލިފަހުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ އެއް ލައްކަވަނަ ފަތުރުވެރިޔާ، ޑިސެމްބަރ 12 ވަނަ ދުވަހު ރާއްޖެއަށް އަންނާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑިސެމްބަރ 12 ވަނަ ދުވަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ފާހަގަކޮށްލެވޭ ދުވަހަކަށް ވެގެންދާނެކަމަށް ބަޔާންކޮށް ޑރ. މައުސޫމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މާދަމާގެ ހެނދުނުގެ ވަގުތެއްގައި އެއް ލައްކަވަނަ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން 94,543 ފަތުރުވެރިންވަނީ ރާއްޖެ އައިސްފައެވެ. ޖެނުއަރީ މަހުން ފެށިގެން މި މުއްދަތާ ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 477,390 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް މަހުންމަހަށް އިތުރުވަމުން އަންނައިރު، މި މަހު ރެކޯޑް އަދަދަކަށް ފަތުރުވެރިން އަންނާނެކަމަށް ބެލެވެއެވެ. އަދި ފަތުރުވެރިން އަންނަ އަދަދުތައް އިތުރުވަމުން ދިއުމާއެކު، އިތުރު ޓޫރިސްޓު ފެސިލިޓީތަކުގެ އަލުން ހިދުމަތްދޭން ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތި ދީފައިވެއެވެ.

އެގޮތުން މިހާތަނަށް 135 ރިސޯޓާއި، 124 ސަފާރީ އަދި 143 ގެސްޓްހައުސް ހިމެނޭގޮތަށް ޖުމްލަ 407 ފެސިލިޓީ ހުޅުވަންވަނީ ހުއްދަދެވިފައެވެ. އަދި މި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލުމުން، މި އަދަދުތައް އިތުރުވެގެންދާނެއެވެ.

- ކޮމެންޓް