ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 14:37
ތާޑް ބެހެއްޓުމުގެ މަސައްކަތް މި އަހަރު ފެށުން ވެގެން ގޮސްފައިވަނީ އުތުރުކޮރެއާ، ޗައިނާ،އަދި ރަޝިއާ ރުޅިއައި ކަމަކަށް
ތާޑް ބެހެއްޓުމުގެ މަސައްކަތް މި އަހަރު ފެށުން ވެގެން ގޮސްފައިވަނީ އުތުރުކޮރެއާ، ޗައިނާ،އަދި ރަޝިއާ ރުޅިއައި ކަމަކަށް
ގޫގުލް
ކޮރެއަން ޕެނިންސިއުލާ
އެމެރިކާއިން ދިން މިސައިލުން ދިފާއުވާ ނިޒާމް ދެކުނުކޮރެއާއިން ބަހައްޓައިފި
ތާޑްގެ އެއްބައި މިހާރު ވަނީ ހަރުކޮށް ނިމިފައި
އުތުރުކޮރެއާއިން ގެންދަނީ އދގެ އެންގުންތަކަށް ބެލުމެއްނެތި ދޭތެރެ ދޭތެރެއިން މިސައިލް ޓެސްޓްކުރަމުން

 

އުތުރުކޮރެއާގެ އަސްކަރީ ބާރު ދައްކާލިތާ އެއް ދުވަސް ތެރޭ ދެކުނުކޮރެއާއިން އެގައުމުގައި އެމެރިކާއިން ގާއިމްކޮށްދީފައިވާ މިސައިލް ޑިފެންސް ސިސްޓަމް އިންސްޓޯލް ކޮށްފިކަމަށް އެގައުމުން ބުނެފިއެވެ.

ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓެމް ނުވަތަ ތާޑް ބެހެއްޓުމުގެ މަސައްކަތް މި އަހަރު ފެށުން ވެގެން ގޮސްފައިވަނީ އުތުރުކޮރެއާ، ޗައިނާ،އަދި ރަޝިއާ ރުޅިއައި ކަމަކަށެވެ. އެ ގައުމުތަކުން ރުޅި އަންނަނީ އޭގައިވާ ބާރުގަދަ ރާޑަރަކީ އެ ގައުމުތަކުގެ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނެއެވެ.

ދެކުނުކޮރެއާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ތާޑްގެ އެއްބައި މިހާރު ހަރުކޮށް ނިމިފައިވާކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ދެކުނުކޮރެއާ އާއި ވޮޝިންގޓަނުން ގެންދަނީ އުތުރުކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ތަރައްގީ ކުރުމާއި އަތުވެދާނެ މިސައިލް ހަމަލާއަކުން ދިފާއުވުމަށް ތާޑް އަވަހަށް ބެހެއްޓުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ދެކުނުކޮރެއާގެ ނޫސް އިދާރާ ޔޮނެޕްސްއިނން ބުނެފައިވަނީ މިސައިލް ފޮނުވާލުމަށް ބޭނުންކުރާ ހަ ލައުންޗާއާއި،މިސައިލް ހުއްޓުވާ ބައެއް ސިސްޓަމާއި މަދުވެގެން އެއް ރާޑަރު މިހާރު ހަރުކޮށްފައިވާކަމަށެވެ.

ވޮޝިންގޓަނާއި ޕިޔޮންގްޔަންގއިން ގެންދަނީ މި ވޭތުވެދިޔަ ހަފްތާ ތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އިންޒާރު ދެމުންނެވެ. އެމެރިކާގެ މަތިންދާ ބޯޓް އުފުލާ މަނަވަރު ކޮރެއަން ޕެނިންސިއުލާއަށް ފޮނުވާފައިވާއިރު އަންގާރަ ދުވަހު ވަނީ ސަބްމެރިންއެއްވެސް ފޮނުވާފައެވެ.

އުތުރުކޮރެއާއިން ގެންދަނީ އދގެ އެންގުންތަކަށް ބެލުމެއްނެތި ދޭތެރެ ދޭތެރެއިން މިސައިލް ޓެސްޓްކުރަމުންނެވެ

އުތުރުކޮރެއާއިންވަނީ އެގައުމުގެ އަސްކަރިއްޔާ އުފެދުނުތާ 85 އަހަރު ފުރުން ފާހަގަކުރުމަށް އަންގާރަ ދުވަހު ހަތިޔާރުތައް ދައްކާލުމުގެގޮތުން މިހާތަނަށް އެގައުމުގައި ބޭއްވި އެންމެ ބޮޑު އެއް  ޑްރިލް ބާއްވާފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެކުނު ކޮރެއާގެ އިދާރާތަކާ ހަވާލާދީ އެގައުމުގެ ނޫސް އިދާރާ ޔޮނެޕްސްއިން ބުނީ  ވޮންސަން ސިޓީގައި އުތުރު ކޮރެއާއިން ކުރިޔަށް ގެންދިއަ ޑްރިލްގައި ލައިވް ހަތިޔާރު ބޭނުންކޮށްފައިވާކަމަށެވެ.

- ކޮމެންޓް