ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 23:57
އިންޑިއާގައި ތިން ކުންފުންޏަކުން ވެކްސިންގެ ހުއްދަ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
އިންޑިއާގައި ތިން ކުންފުންޏަކުން ވެކްސިންގެ ހުއްދަ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
ސެރަމް އަދި ބާރަތްގެ ވެކްސިން
ސެރަމް އަދި ބާރަތްގެ ވެކްސިންތަކަށް އެމެޖެންސީ ހުއްދަ ނުލިބުނު!
 
ކުުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިންޑިއާގައި ވެކްސިނަކަށް ހުއްދަދެވިންގެ ދާނެކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީ އިން ބުނޭ
 
ވެކްސިނަށް ހުއްދަ ދިނުމުގެ އެންމެ ފަހު މަރުހަލާ ކުރިއަށް ގެންދާނީ އިންޑިއާގެ ޑްރަގް ކޮންޓްރޯލަރ ޖެނެރަލް
 
ދެ ކުންފުނިންވެސް ވެކްސިންގެ އިތުރު ޑޭޓާ ހުށައަޅަން ޖެހޭ

އިންޑިއާގެ ދެ ކުންފުންޏަކުން އެމެޖެންސީ ހުއްދަ ހޯދަން މަސައްކަތްކުރި ދެ ކުންފުންޏަކަށް ހުއްދު ނުލިބުނުކަމަށް އެގައުމުގެ މީޑިއަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިއާ ޓުޑޭއިން އާންމުކޮށްފައިވާ ހަބަރެއްގައިވާގޮތުން އެގައުމުގެ ސެރަމް އިންސްޓިޓިއުޓް އަދި ބާރަތް ބައޯޓެކްއިން ވެކްސިންގެ އެމެޖެންސީ ޔޫސް އަށް ހުއްދަ ހޯދުމަށް އެދި ހުށައެޅިނަމަވެސް އަދި އެވެކްސިންތަކަށް ހުއްދަ ނުދެވޭނެ ކަމަށް އިންޑިއާގެ ވެކްސިންގެ އެކްސްޕަރޓް ކޮމިޓީއިިން ނިންމާފައިވާކަމަށެވެ.

އެގޮތުން މި ދެކުންފުނީގެ ވެކްސިންތަކަށް ހުއްދަ ދިނުމުގެ ކުރިން ދެ ކުންފުނިންވެސް ވެކްސިންގެ އިތުރު ޑޭޓާ ހުށައަޅަން ޖެހޭނެކަމަށް ކޮމިޓީއިން ބުނެފައިވާކަމަށް އިންޑިއާ ޓޫޑޭއިން ބުނެއެވެ. އަދި ވެކްސިނަށް ހުއްދަ ދިނުމުގެ އެންމެ ފަހު މަރުހަލާ ކުރިއަށް ގެންދާނީ އިންޑިއާގެ ޑްރަގް ކޮންޓްރޯލަރ ޖެނެރަލް ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސެރަމް އިންސްޓިޓިއުޓް އިން އުފައްދާ އޮކްސްފޯޑް އަދި އެސްޓްރަޒެނެކާގެ ވެކްސިނަށް ހުއްދަ ދޭނީ އިނގިރޭސިވިލާތުން މިވެކްސިނަށް ހުއްދަ ދިނުމުންކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.

މީގެ އިތުރުން މި ދެކުންފުނީގެ ވެކްސިނަށް އަދި ހުއްދަ ނުލިބުނު ނަމަވެސް އިތުރު ޑޭޓާ ހުށައަޅަން އެންގުމުން، ކުރިއަށް އޮތްތާގައި ވެކްސިނަށް ހުއްދަ ލިބުމުގެ އުންމީދު އެބައޮތް ކަމަށް އިންޑިއާ ޓުޑޭއިން ފާހަގަކުރެއެވެ.

އިންޑިއާގައި ތިން ކުންފުންޏަކުން ވެކްސިންގެ ހުއްދަ ހޯދުމުގެ މަސައްކަތްކުރަމުންދާ އިރު، ސެރަމް އަދި ބާރަތުން ވަނީ ބުދަ ދުވަހު އެކުންފުނިތަކުގެ ވެކްސިންގެ ޕްރެޒެންޓޭޝަން ހުށައަޅާފައެވެ. ފައިޒަރ އިން ވެސް އެކުންފުނީގެ ވެކްސިނަށް އިންޑިއާގެ ހުއްދަ ހޯދުމުގެ މަސައްކަތްކުރަމުންދާ އިރު، ބުދަ ދުވަހު ފައިޒަރގެ ވެކްސިންގެ ޕްރެޒެންޓޭޝަން ހުށައަޅާފައި ނުވާކަމަށް އިންޑިއާ ޓުޑޭއިން ބުނެއެވެ.

އެހެން ނަމަވެސް އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން ކުުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިންޑިއާގައި ވެކްސިނަކަށް ހުއްދަދެވިންގެ ދާނެކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
10 ޑިސެންބަރ 2020 | ބުރާސްފަތި 01:07
މޫސަ.
އަލްހަމްދުލިއްލާހި....ތިވީ ރަގަޅަށް، ނަމަނަމަ އިންޑިޔާއިން ވަގުހުއްދަ ނަގައިގެން ތި ޓެސްޓު ކުރަން ރާއްޖެ ނުގެންނާތި.