ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 12:11
ރިޕޯޓްތައް ބުނާގޮތުން ވައިޕީޖީގެ 15 ހަނގުރާމަވެރިންނާއި އިރާގުގެ ކުރުދީ ޕެޝްމާގާ ހަނގުރާމަވެރިންގެ ފަސް މީހުން ވަނީ މަރުވެފަ
ރިޕޯޓްތައް ބުނާގޮތުން ވައިޕީޖީގެ 15 ހަނގުރާމަވެރިންނާއި އިރާގުގެ ކުރުދީ ޕެޝްމާގާ ހަނގުރާމަވެރިންގެ ފަސް މީހުން ވަނީ މަރުވެފަ
ގޫގުލް
އައިއެސްެ
ތުރުކީއިން ކުރުދީންނަށް ހަމަލާ ދިނުމުން އެމެރިކާއިން ކަންބޮޑުވެއްޖެ
ރައީސް އޮރްދޮޣާންވަނީ ހަމަލާ ދިފާއު ކުރައްވާ ވާހަކަދައްކަވާފަ
އިރާގުގެ ސަރުކާރުންވެސް ވަނީ ހަމަލާ ކުށްވެރިކޮށްފަ

ތުރުކީން ވަައިގެ މަގުން ދިން ހަމަލާތަކެއްގައި އީރާގާއި ސީރިޔާއިން ކުރުދީންގެ އެތައްބަޔަކު މަރުވެފައިވާތީ އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމެރިކާއިން މަދަދުދީގެން އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޕޮޕިއުލަރ ޕްރޮޓެކްޝަން ޔުނިޓްސް(ވައިޕީޖީ) ން ބުނީ އެ ޖަމާއަތުގެ އަމާޒުތަކަށް އެތައް ފަހަރަކު ހަމަލާތައް އަރާފައިވާކަމަށެވެ.

ތުރުކީއިން ސިފަ ކުރާގޮތުގައި ވައިޕީޖީއަކީ ގާނޫނާ ޚިލާފަށް ވަކިވެގަތުމަށް މަސައްކަތްކުރާ މަސައްކަތްކުރާ ޖަމާއަތެއްކަމަށެވެ.

ތުރުކީއާ ރައްޓެހި އިރާގުގެ ކުރުދީ ޕެޝްމާގަ ހަނގުރާމަަވެރިންގެ ތެރެއިންވެސް މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ލިބެއެވެ.

އިރާގުގެ ސަރުކާރުންވަނީ އެގައުމުގެ އިމުގެ ތެރޭގައި ދިން މި ހަމަލާތައް ކުށްވެރިކޮށްފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މާކް ޓޯނާ ވިދާޅުވީ އައިއެސް ބަލިކުރުމަށް އުފައްދާފައިވާ ގުޅިފައިވާ ފައުޖާ އަދި އެމެރިކާއާ މަޝްވަރާ ނުކޮށް އެފަދަ ހަމަލާތަކެއް ތުރުކީއިން ދިނުމުން އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ.

އޭނާ ވިދާޅުވީ އެ ކަންބޮޑުވުންތައް ތުރުކީގެ ސަރުކާރާވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

އިރާގު ސަރުކާރުގެ ތަރުޖަމާނު ސާދު އަލް ހަދީސީ ވިދާޅުވީ އެގައުމުގެ އިމުގެ ތެރޭގައި ތުރުކީއިން ދިން ވައިގެ ހަމަލާތައް ކުށްވެރި ކުރާކަމަށާއި އެކަމާ ދެކޮޅު ހަދާކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން ވަނީ އެ ކަން ދިފާއުކުރައްވައި އެ ކަމަކީ އެ ގައުމުން ކުރަން ޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ.

އޮރްދޮޣާންވަނީ އެއީ އެގައުމުން އަޅަން ޖެހޭ ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ.

ތުރުކީއިން ދިން ހަމަލާތަކުގައި މަރުވެފައިވަނީ ސީދާ ކިތައް މީހުންކަން ކަށަވަރު ނުކެރުވުނު ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ވައިޕީޖީގެ 15 ހަނގުރާމަވެރިންނާއި އިރާގުގެ ކުރުދީ ޕެޝްމާގާ ހަނގުރާމަވެރިންގެ ފަސް މީހުން ވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުގައި ގާއިމްވެފައިވާ ސީރިއަން އޮބްޒަވޭޓޮރީ ފޮރ ހިއުމަން ރައިޓްސްއިން ބުނީ އަންގާރަދުވަހުގެ ފަތިހު ދިން ހަަމަލާތައް އަމާޒުކޮށްފައިވަނީ ސީރިއާގެ އިރުއުތުރުގެ ހަސައްކެ ޕްރޮވިންސްގެ ކުރުދީންނަށް ކަމަށެވެ. އަދި އެ ހަމަލާތައް މީޑިއާ ސެންޓަރަކަށާއި ރޭޑިއޯ ސްޓޭޝަނަކަށް އަރާފައިވާކަމަށް އެ ޖަމާއަތުން ބުނެއެވެ.

އިތުރު އެހެން ސިލްސިލާ ހަމަލާތަކެއްވަނީ އިރާގާއި ސީރިޔާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިން ސިންޖާރއަށް އަމާޒުކޮށްފައެވެ.

އޮރޮދޮޣާންވަނީ ހަމަލާތަކުގައި ޕެޝްމާގާ ހަނގުރާމަވެރިން މަރުވުމުން ހިތާމަ ކުރައްވާކަމަށާއި އެ ހަމަލާތަަކަކީ އެ ފަރާތްތަކާ ދެކޮޅަށްދިން ހަމަލާތަކެއް ނޫންކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް