ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 15:00
މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރި ޓީސީ ސްޕޯޓްސް ކުލަބު
މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރި ޓީސީ ސްޕޯޓްސް ކުލަބު
އެފްއޭއެމް
ފުޓްބޯޅަ ސީޒަން ފެށުން
ސީޒަން ހުޅުވާ މެޗުގެ ހާއްސަ މެހުމާނަކަށް ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ފެނިގެންދިޔަ ފަރާތެއް
ހާއްސަ މެހުމާނަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފެނުނު ދެ ޓީމުގެ ކުޅުންތެރިއެއް ނޫނީ އޮފިޝަލެއް
ޗެރިޓީ ޝީލްޑް މެޗު އޮންނާނީ މި މަހުގެ އަށްވަނަ ދުވަހުގެރޭ
ފުޓްބޯޅަ ސީޒަން ފަށާއިރު ސަޕޯޓަރުންނަށް ދަނޑު ބަންދުވާނެ

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގެ ހާއްސަ މެހުމާނަކަށް ވަޑައިގަންނަވާނީ 2011 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ފެނިގެންދިޔަ ފަރާތެއް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޗެރިޓީ ޝީލްޑް މެޗު ކުޅުމަށް އެފްއޭއެމުން ތާވަލުކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގެރެއެވެ. މި މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގުގެ ރަނަރަޕް ކުލަބު އީގަލްސްއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ޗެރިޓީ ޝީލްޑް މެޗަށް ރާއްޖެ ވަޑައިގަންނަވާނީ 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ފެނުނު ދެ ޓީމުގެ ކުޅުންތެރިއެއް ނޫނީ އޮފިޝަލެއް ކަމަށެވެ.

އަދި މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށުން ލަސްވި ނަމަވެސް، ސީޒަން ފަށާނީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި، ފުޓްބޯޅަ ސީޒަން ފެށިގެންދިޔުމަކީ އެތައް ކޯޗުންނެއް އަދި ކުޅުންތެރިންގެ ވަޒީފާ ޔަގީން ކުރެވުން ކަމަށް ދެވަނަ ދައުރުގެ ފުރަތަމަ ސީޒަނާ ބެހޭ ގޮތުން ބައްސާމް ވިދާޅުވިއެވެ. ކޮވިޑް-19 ގެ ހާލަތާއެކު އައު ސީޒަން ފަށާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކޮށްގެން ކަމަށާއި، މި ވަގުތު ސީޒަން ފަށާއިރު ސަޕޯޓަރުންނަށް ދަނޑު ބަންދުވާނެ ކަމަށާއި، ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެ ހާލަތަކަށް އައުމާއެކު އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ އައު ސީޒަނުގައިވެސް ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭ ހާލަތުގައިވެސް އެކަން ކުރާނީ ޓިކެޓް ވިއްކައިގެން ކަމަށާއި، އެހެން ނަމަވެސް ކުލަބުތަކާއެކު ވާހަކަ ދައްކައިގެން ސަޕޯޓަރުންނަށް ފަސޭހަގޮތްތަކެއް ނިންމާނެ ކަމަށެވެ.

މި މަހުގެ އަށްވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފަށާއިރު، އެ މެޗުގެ ޕާޓްނަރުންގެ ގޮތުގައި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސް ވަނީ ހަމަޖައްސާފައެވެ. ޗެރިޓީ ޝީލްޑް މެޗުން މޮޅުވާ ޓީމަކަށް އާންމު ގޮތެއްގައި 100،000ރ. ލިބޭއިރު، މި މެޗުން ލިބޭ ފައިސާ ތަފާތު ޗެރިޓީ ޖަމުޢިއްޔާތަކަށް ހަދިޔާކުރެއެވެ. އެކަމަކު މި އަހަރު ވެރިޓީގެ ގޮތުގައި ޚަރަދުކުރާނެ ފައިސާއެއް އެފްއޭއެމުން އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.

ޗެރިޓީ ޝީލްޑް މެޗަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ދެ މެޗެއް ކުޅުމަށް ތާވަލުކޮށްފައިވާއިރު، ލީގުގެ ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީއެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބު އީގަލްސް އާއި މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ސަސް ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް
3 ޑިސެންބަރ 2020 | ބުރާސްފަތި 15:59
ހުސެން އަރީފް
ޜޫޑް ވެންނިސްޓެލްޑީނިއޯ ތަ