ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 15:04
ކްލޯއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޑައިވިންގ ޕްރޮގްރާމެއް ހިންގަނީ
ކްލޯއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޑައިވިންގ ޕްރޮގްރާމެއް ހިންގަނީ
ކްލޯ ގްލޯބަލް
އޮޕަރޭޝަން ބްލޫ ފްރީޑަމް
ކްލޯގެ އޮފިޝަލް ވެބްސައިޓް ލޯންޗްކޮށްފި
ކްލޯގެ ވެބްސައިޓާއި އެކު ގްލޯބަލް ޕަރޓިސިޕެންޓް ކެމްޕެއިން ލޯންޗްކޮށް ދެއްވާފައިވަނީ ޓޫރިޒަމް މިނިސްޓަރ
ސްޕޯޓްސްގެ ދާއިރާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވި
މިނިސްޓަރ ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖީހާން މަހުމޫދު ބައިވެރިވެފައިވޭ

ކޮންކަރ ލޭންޑް އެއަރ ވޯޓަރ ގްލޯބަލް އެޑްވެންޗަރސް އެލްއެލްޕީ (ކްލޯ) ގެ އޮފިޝަލް ވެބްސައިޓް ލޯންޗްކޮށްފި އެވެ.

ބުރާސްފަތި ދުވަހު ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކްލޯގެ ވެބްސައިޓާއި އެކު ގްލޯބަލް ޕަރޓިސިޕެންޓް ކެމްޕެއިން ލޯންޗްކޮށް ދެއްވާފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

އިންޑިއާގެ ޖަމިއްޔާއެއް ކަމަށްވާ ކްލޯ އިން މޯލްޑިވް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ދުނިޔޭގެ ތަފާތު 3 ރެކޯޑެއް ގާއިމް ކުރުމަށް މަސައްކަތް ވަނީ ފަށާފަ އެވެ. މި ޖަމިއްޔާއިން ވަނީ 2019 ވަނަ އަހަރު 'އޮޕަރޭޝަން ބްލޫ ފްރީޑަމް' ގެ ނަމުގައި މި ހާއްސަ ހަރަކާތް ލޯންޗު ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވާހަކަދައްކަވަމުން ވިދާޅުވީ، މި ހަރަކާތުގެ ސަބަބުން ބޭރު ދުނިޔޭގެ ގިނަ ފަރާތްތަކަށް ރާއްޖޭގެ ކަނޑުފަޅުގެ މުއްސަދިކަން ފެނިގެން ދާނެ ކަމަށެވެ. މީގެ އިތުރުން ސްޕޯޓްސްގެ ދާއިރާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

އަދި ކްލޯ ޖަމިއްޔާއިން ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މިފަދަ ފުރުސަތެއް ހުޅުވާލާފައިވުމާއެކު ކްލޯގެ ފައުންޑަރުންނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި ރާއްޖެއަށް ވަރލްޑްސް ލީޑިން ޑެސްޓިނޭޝަން ލިބުމާއި ގުޅިގެން މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާއްވާ އެންމެހާ ފަރާތްތަކަށް މަރުހަބާ ވިދާޅުފަ އެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ށް ވެސް ޝުކުރު އަދާކޮށްފަ އެވެ. އަދި 2021 ވަނަ އަހަރަކީ ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ކާމިޔާބު އަހަރަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖީހާން މަހުމޫދު، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އަދި އެމްއައިޓީޑީސީގެ މެނޭޖިންގެ ޑިރެކްޓަރ މުހައްމަދު ރާއިދް ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފަ އެވެ.

މިތިން ބޭފުޅުންވެސް ވަނީ ކްލޯއިން ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިފަދަ ފުރުސަތެއް ހޯދައިދެއްވާފައިވާތީ އެކަމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި ދުނިޔެއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއިމެދު ދެކެމުން އަންނަ ގޮތް މިކަމުގެ ސަބަބުން ބަދަލު ވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އޮޕަރޭޝަން ބްލޫ ފްރީޑަމްގެ ފައުންޑަރ މޭޖަރ ވިވެކް ޖޭކޮބްއާއި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ ސެކްރެޓަރީ ޕޫޖާ ޓިލޫ ގެ އިތުރުން ބްލޫ ފްރީޑަމްގެ އެމްބެސެޑަރުންވެސް ވަނީ ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފަ އެވެ.

- ކޮމެންޓް