ހުޅުމާލޭ ފޭސް 2 ގައި ޔޮޓް މެރީނާ ޓާމިނަލް އެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލޭ ފޭސް 2 ގައި ހެދުމަށް ނިންމާފައިވާ ޔޮޓް މެރީނާ ޓާމިނަލް އެޅުމަށް ބޭނުންވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މި ގޮތަށް ހުޅުވާލީ ވީހާވެސް ގިނަ ފަރާތްތަކަކަށް ހަމަހަމަ ކަމާއި އިންސާފުވެރި ކަމާއިއެކު މި ފުރުސަތު ދިނުމަށް ކަމަށެވެ.
އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޑިސެމްބަރު 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެޗްޑީސީއަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭ ފޯމު އީމެއިލް ކުރުމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން ބުނީ އެ ކުންފުނީގެ ވެބްސައިޓް ކަމަށްވާwww.hdc.com.mvއިން ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.