ކ. މާލެ
|
2 ޑިސެންބަރ 2020 | ބުދަ 16:27
މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މުދާ އުފުލާ ބޯޓު އައިބީރިއަން އެކްސްޕްރެސް
މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މުދާ އުފުލާ ބޯޓު އައިބީރިއަން އެކްސްޕްރެސް
ޔޫސުފް ސޮފްވާން ރަޝީދު
މޯލްޑިވްސް ސްޓޭޓް ޝިޕިންގ
ދުބާއީން މުދާ ގެންނަ ފަރާތްތަކަށް އެމްއެސްއެސްގެ ހާއްސަ ހިދުމަތްތަކެއް
ކޮންޓެއިނަރ ފުރައިގެންނާއި ނުފުރާވެސް މުދާ ގެނެވޭނެ
އޭޖެންޓް މެދުވެރިކޮށް ވިޔަފާރިކޮށްގެންވެސް މާލެއަށް ގެނެވޭނެ
މި ހިދުމަތް ދެނީ ކޮންމެ 10 ދުވަހަކުން، ފީ ބިނާވަނީ ދެވޭ ހިދުމަތުގެ މައްޗަށް

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ދުބާއި އަދި މާލެއާއި ދޭތެރޭގައި ދެމުން ގެންދިޔަ ޝިޕިންގެ ހިދުމަތް އިތުރަށް ފުޅާކޮށް, ވިޔަފާރިވެރިންނަށާއި އާންމުންނަށް ފަހި ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

މި ހިދުމަތުގެ މައުލޫމާތު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން އެމްއެސްއެސްގެ ކޮމަރޝަލް މެނޭޖަރ ތާހާ މުހައްމަދު ވިދާޅުވީ މާލެއަށް މުދާ ގެންނަނީ އެ ކުންފުނީގެ ދުބާއި އޭޖެންޓެއް މެދުވެރިކޮށް ކަމަށެވެ. އަދި މިހެން މުދާ ގެންނައިރު ކޮންޓެއިނަރ ފުރައިގެންނާއި ނުފުރާވެސް އެ ގައުމުން މާލެއަށް މުދާ ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

ތާހާ ވިދާޅުވީ، ދުބާއީން ރާއްޖެއަށް މުދާ ގެނައުމުގެ ހިދުމަތް ފެށިގެން ދިއުމުން، ރާއްޖޭގެ ވިޔަފާރިވެރިންނަށާއި އާންމުނަށްވެސް މުދާ ގެނެއުމުގައި އިތުރު ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން މުދާ ގަތުމަށް ފަހު އޭޖެންޓާއި ހަވާލުކުރެވޭނެ ކަމަށާއި ނުވަތަ އޭޖެންޓް މެދުވެރިކޮށްވެސް އެކި ފިހާރަތަކުން މުދާ ގަނެ މާލެއަށް ގެނެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

އެމްއެސްއެސް އިން އަންދާޒާކުރާ ގޮތުގައި މި ހިދުމަތް ދެވޭނީ ކޮންމެ 10 ދުވަހަކުންނެވެ. އަދި މިކަމަށް ނަގާނެ ފީ ކަނޑައަޅާނީ ދެވޭ ހިދުމަތެއްގެ މައްޗަށް ބިނާކޮށް ކަމަށް އެ ކުންފުނިންވަނީ މައުލޫމާތު ދީފައެވެ.

ދުބާއީ ނިސްބަތްވާ ޔޫއޭއީއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް 2.97 ބިލިއަން ޑޮލަރުގެ މުދާ ވަނީ އެތެރެކޮށްފައެވެ.

- ކޮމެންޓް