ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 23:08
ސިލްކް އެއަރގެ ފްލައިޓެއް
ސިލްކް އެއަރގެ ފްލައިޓެއް
ވެލާނާ އެއާޕޯޓް
ސިލްކް އެއަރގެ ދަތުރުތައް ފެށުން
ސިލްކް އެއަރގެ ދަތުރުތަކާއިއެކު ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޓޫރިޒަމް މިނިސްޓަރ
ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވަނީ އަންގާރަ ދުވަހު
ހަފްތާއަކު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައި

ސިލްކް އެއަރގެ ދަތުރުތަކާއިއެކު ރާއްޖެ އާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކޮވިޑް-19 އަށް ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ބޯޑަރުއ އަލުން ހުޅުވާލި ފަހުން ސިލްކް އެއަރ ގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ސިލްކް އެއަރގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވަނީ އަންގާރަ ދުވަހުއެވެ.

ސިލްކް އެއަރގެ ދަތުރުތައް ހަފްތާއަކު ދެ ފަހަރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މައުލޫމާތު ދެއެވެ.

ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުުރުމަށްފަހު ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ގައެވެ. ބޯޑަރު ހުޅުވާލިފަހުން ގިނަ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ވަނީ ފަށާފައެވެ.

އެގޮތުން މި ހިނގާ ޑިސެމްބަރު މަސް ނިމެންވާއިރަށް، ޖުމްލަ 18 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމެޖިފައިވާ ކަމަށް އެމްއޭސީއެލްއިން ވަނީ މައުލޫމާތު ދީފައެވެ.

- ކޮމެންޓް