ކ. މާލެ
|
26 ނޮވެންބަރ 2020 | ބުރާސްފަތި 17:31
އެފްއޭއެމް ފައުންޑޭޝަނުގެ އެމްބެސެޑަރުގެ ގޮތުގައި ހަމަޖެއްސި އައްސަދު އަބްދުލް ޣަނީ
އެފްއޭއެމް ފައުންޑޭޝަނުގެ އެމްބެސެޑަރުގެ ގޮތުގައި ހަމަޖެއްސި އައްސަދު އަބްދުލް ޣަނީ
އެފްއޭއެމް
އެފްއޭއެމް ފައުންޑޭޝަން
އެފްއޭއެމް ފައުންޑޭޝަން ހުކުރު ދުވަހު ލޯންޗް ކުރަނީ
ފައުންޑޭޝަނުގެ އެމްބެސެޑަރުން ގޮތުގައި އައްސަދު އަބްދުލް ޣަނީ އާއި ޝާހު އިސްމާޢީލް ވަނީ ހަމަޖައްސާފައި
ފައުންޑޭޝަނުގެ ހަކަރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި

އަންނަ ހުކުރު ދުވަހު އެފްއޭއެމް ފައުންޑޭޝަން ލޯންޗް ކުރުމަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯއިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމް ފައުންޑޭޝަން މަޝްރޫއަކީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިސްނެގުމުވާއެކު، އޭއެފްސީގެ އެހީގެ ދަށުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއެކެވެ. މި ފައުންޑޭޝަނަށް އެމްބެސެޑަރުން ހަމަޖައްސަމުން އަންނައިރު، 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އާއި ކުރީގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ފޯވާޑް އަދި އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީކަންވެސް މީގެ ކުރިން ކުރައްވާފައިވާ ޝާހު އިސްމާޢީލް ވަނީ މަޝްރޫއުގެ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އެފްއޭއެމް ފައުންޑޭޝަން ލޯންޗް ކުރުމަށް ތައްޔާރުވަމުން އަންނައިރު، އައްސަދާއި ޝާހުގެ އިތުރުންވެސް މި މަޝްރޫއަށް އިތުރު އެމްބެސެޑަރުން ހަމަޖެއްސުމަށް އެފްއޭއެމުން ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމް ފައުންޑޭޝަނުގެ އެމްބެސެޑަރުގެ ގޮތުގައި ހަމަޖެއްސި ޝާހު އިސްމާޢީލް

އެފްއޭއެމް ފައިންޑޭޝަން އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ކުޅިވަރު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، އެ މަސައްކަތް އިތުރަށް ފުޅާ ކުރުމެވެ. އަދި މި މަޝްރޫއު ފެށުމަށް އޭއެފްސީގެ ކޮންސަލްޓެންޓަކާ އެފްއޭއެމުން މަޝްވަރާކޮށް ރަނގަޅު ޕްލޭނެއް އެކުލަވާލެވިފައިވާއިރު، އެ އިދާރާގެ ވަކި ފުޓްބޯލް ސޯޝަލް ކަލަންޑަރެއްވެސް އެކުލަވާލައި ނިމިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. އަދި ފީފާ އާއި، އޭއެފްސީގެ މެންބަރު އެސޯސިއޭޝަންތަކާއި އަދި ފުޓްބޯޅަ ކުޅޭ ފަރާތްތަކުގެ ބައިވެރިވުންވެސް މި މަޝްރޫއަށް ލިބިގެންދާނެ ކަމަށް އެފްއޭއެމުން ބުނެއެވެ.

އެފްއޭއެމް ފައުންޑޭޝަން ހުކުރު ދުވަހު ލޯންޗް ކުރާއިރު، މި ފައުންޑޭޝަނުގެ ހަކަރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
28 ނޮވެންބަރ 2020 | ހޮނިހިރު 09:12
ނަތީޖާ ނެރެންނޭގޭ ފޮނިވާހަކަ