ބާރަތް ބައޯޓެކް އިން ކޮވިޑް-19 އަށް ތައްޔާރުކުރާ ވެކްސިންގެ ޓްރަޔަލްތައް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓަރު ހާރްޝް ވަރުދަން ވިދާޅުވެއްޖެއެވެ.
އެގޮތުން ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފަހު މަރުހަލާނިމި ޓެސްޓުތަކުގެ ނަތީޖާ ލިބިގެންދާނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާ ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 200 މިލިއަން ނުވަތަ 250 މިލިއަންް މީހުންނަށް ވެކްސިން ދިނުން ކަމުގައިކަމަށް ފާހަގަކުރެއްވިއެވެ.
އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސަރޗް (އައިސީއެމްއާރް) އާއި ގުޅިގެން އިންޑިއާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ބާރަތް ބައޯޓެކް އިން ތައްޔާރު ކުރަމުން އަންނ ކޮވިޑް-19 ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް ތިނެއްގެ މަސައްކަތްތައް ނޮވެމްބަރު މަހު ފަށާފައިވާ އިރު، މި ޓްރަޔަލްތައް ކުރިއަށް ގެންދަނީ 26،000 ވޮލެންޓިއަރުންނާއި އެކުއެވެ.
އައިސީއެމްއާރް އިން އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗް މަހު ބާރަތްގެ ވެކްސިން އަށް ހުއްދަ ލިބިގެންދާނެ ކަަމަށް ބުނެފައިވާ އިރު، ބާރަތް އިން ވަނީ ވެކްސިންގެ އެންމެ ފަހު ޓްރަޔަލްގެ ނަތީޖާތައް ލިބިގެންދާނިއި އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރިލް މަހު ކަމަށް ބުނެފައެވެ.