ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 18:29
މިއީ 2001 ވަނަ އަހަރު އެ ޖަމާއަތުގެ ވެރިކަން ވައްޓާލިފަހުން އަސްކަރިއްޔާއަށް އަމާޒުކޮށްދިން މިފަދަ އެންމެނުރައްކާތެރި ހަމަލާ
މިއީ 2001 ވަނަ އަހަރު އެ ޖަމާއަތުގެ ވެރިކަން ވައްޓާލިފަހުން އަސްކަރިއްޔާއަށް އަމާޒުކޮށްދިން މިފަދަ އެންމެނުރައްކާތެރި ހަމަލާ
ގޫގުލް
އަފްޣާނިސްތާނު ހަނގުރާމަ
އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި
ސިފައިންގެ ތެރެއިން މަރުވެފައިވަނީ ކިތައް މީހުންކަން ވަނީ ސާފެއް ނުވޭ
ހަނގުރާމަވެރިންގެ 10 މީހުން މަރުވެފައިވޭ

ތާލިބާނުންގެ ހަމަލާއެއްގައި އެތައް ބައިވަރު ސިފައިންނެއް މަރުވި ހާދިސާއަށްފަހު އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓަރ އަދި އަސްކަރިއްޔާގެ ވެރިޔާ އިސްތިއުފާ ދެއްވައިފި ކަމަށް އެ ގައުމުގެ ރިޔާސީ ގަނޑުވަރުންބުނެފިއެވެ.

މި ހަމާލާ ދީފައިވަނީ މިދިއަ ހުކުރު ދުވަހު މަޒާރޭ ޝަރީފް ކައިރީގައިވާ އަސްކަރީ ބޭސްއެއްގައެވެ.

އަސްކަރިއްޔާއިން ބުނީ އެ ހަމަލާ ދީފައިވަނީ އަސްކަރީ ބޭސްގެ މިސްކިތުގައި ހުކުރު ދުވަހު ހުކުރު ނަމާދުން ފައިބަނިކޮށް އަދި ކެންޓީނުގައި ކަމަށެވެ.

މިއީ 2001 ވަނަ އަހަރު އެ ޖަމާއަތުގެ ވެރިކަން ވައްޓާލިފަހުން އަސްކަރިއްޔާއަށް އަމާޒުކޮށްދިން މިފަދަ އެންމެނުރައްކާތެރި ހަމަލާއެވެ.

އަސްކަރިއްޔާއިން ބުނީ އަސްކަރިއްޔާގެ ކަމްޕައުންޑަށް ވަނުމަށް ހަނގުރާމަވެރިން ބޭނުންކުރި އުކުޅަކީ އަސްކަރިއްޔާގެ ޔުނީފޯމު އަޅައިގެން އަސްކަރީ ވެހިކަލް ތަކެއްގައި ދުއްވާފައި އައުން ކަމަށެވެ.ބަޑިން  ހަމަލާދީފައިވަަނީ ކަމްޕައުންޑަށް ވަދެކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

ހަމަލާތަކުގައި ހަނގުރާމަވެރިންގެ 10 މީހުން މަރުވެފައިވާއިރު އެކަކު ވަނީ ހައްޔަރުކޮށްފައެވެ.

އަފްޣާން ސިފައިންގެ ތެރެއިން މަރުވެފައިވަނީ ކިތައް މީހުންކަން ވަނީ ސާފުނުވެއެވެ.

އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ހަމައެކަނި ހާމަކޮށްފައިވަނީ 100 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވާކަމަށެވެ.

އެހެން ބައެއް އޮފިޝަލުން ބީބީސީގައިި ބުނެފައިވަނީ މަދުވެގެން 136 މީހުން މަރުވި ކަަމެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު އެއަށްވުރެ އިތުރުވާނެއެވެ.

މި ހަމަލާއާއެކު އެ ގައުމުގެ ރައްޔިތުން ރުޅިގަދަވެފައިވާއިރު ތާލިބާނުންގެ ހަމަލާތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން ސަރުކާރުގެ ހުރި މިންވަރާމެދު ދަނީ ސުވާލު އުފައްދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް