ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 16:19
ީ ޕިޔޯންގްޔަންގ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ
ީ ޕިޔޯންގްޔަންގ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ
ގޫގުލް
ކޮރެއަން ޕެނިންސިއުލާ
އުތުރު ކޮރެއާއިން ހައްޔަރު ކުރި އެމެރިކާ މީހާގެ ނަން ހާމަކޮށްފި
ކިމް ހައްޔަރުކުރި މައްސަލައާ ޔުނިވާސިޓީއާ ގުޅުމެއްނެތް
ހައްޔަރުކޮށްފައިވަނީ ޕިޔޯންގޔަންގ ދޫކޮށް ދާން އުޅެނިކޮށް
އޭނާ ހައްޔަރުކުރި ސަބަބެއް އަދި ހާމައެއް ނުކުރެޭ

ހޮނިހިރު ދުވަހު ހައްޔަރުކުރި އެމެރިކާގެ މީހާގެ ނަން އުުތުރުކޮރެއާގެ ޔުނިވާސިޓީއިން އާއްމުކޮށްފިއެވެ. އޭނާގެ ނަމަކީ ސަންގް-ޑޫކް ނުވަތަ އާއްމުކޮށް ކިޔާ ނަމުން ނަމަ ޓޯނީ ކިމްއެވެ.

ހައްޔަރު ކުރުމުގެ އެތައް ހަފްތާއެއް ކުރިން އޭނާ ވަނީ ޕިޔޯންގްޔަންގ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ކިޔަވައި ދީފައެވެ. އޭނާއަކީ އުތުރުކޮރެއާއާއި އެމެރިކާގެ ރައްޔިތެކެވެ.

ޔުނިވާސިޓީއިން ބުނެފައިވަނީ ކިމް ހައްޔަރުކުރި މައްސަލައާ ޔުނިވާސިޓީއާ ގުޅުމެއް ނެތް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޕިޔޯންގޔަންގ ދޫކޮށް ދާން އުޅެނިކޮށެވެ.

އެގައުމުގެ އެއްވެސް އިދާރާއަކުން އޭނާ ހައްޔަރުކުރި ސަބަބެއް އަދި ހާމައެއް ނުކުރެެއެވެ.

ދެކުނުކޮރެއާގެ ނޫސް އިދާރާ ޔޮނެޕް އިން ބުނާގޮތުގައި 50ގެ ފަހުގެ އަހަރުތައް ގުނަމުންދާ ކިމް މަސައްކަތްކުރަމުން ގޮސްފައިވަނީ އެހީގެ ޕްރޮގްރާމްތަކުގައި ކަމަށާއި އުތުރުކޮރެއާގައި އޭނާ ހުރީ އެހީގެ ކަންކަމުގައި މަޝްވަރާކުރުމަށްކަމަށެވެ.

އޭގެ އިތުރުން އޭނާއަކީ ޗައިނާގެ ޔަންބިއަން ޔުނިވާސިޓީގެ ކުރީގެ ޕްރޮފެސަރެއްކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

ޕިޔޯންގްޔަންގ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޗާންސެލަރ ޕާކް ޗަން މޯ އާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ އެ ޔުނިވާސިޓީގައި މަސައްކަތްކުރުމުގެ އިތުރުން ޔަތީމުޚާނާ ތަކަށް އެހީވުމުގެ މަސައްކަތް އޭނާ ކުރާކަމަށެވެ.

އުތުރުކޮރެއާއިން އެމެރިކާގެ ރައްޔިތަކު އަނެއްކާވެސް ހައްޔަރުކޮށްފައި މިވަނީ ކޮރެއަން ޕެނިންސިއުލާ ހޫނުވެ އެމެރިކާގެ އަސްކަރީ މަނަވަރަށް އެމެރިކާއިން ހަމަލާދޭނެކަމަށް އިންޒާރުކޮށްފައިވަނިކޮށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް