ކ. މާލެ
|
16 ނޮވެންބަރ 2020 | ހޯމަ 23:55
އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް އެއްވެސް ޙަރަކާތެއް ނެތް، އަދި ޓެސްޓް ކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދޭ
އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް އެއްވެސް ޙަރަކާތެއް ނެތް، އަދި ޓެސްޓް ކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދޭ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑު ޖެހިގެން މީހަކު މަރުވުން
ކޮވިޑު ޖެހިގެން މި މަސް ތެރޭ 7 ވަނަ މީހާ ނިޔާވެއްޖެ
 
މަރުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:36 ހާއިރު
 
މި ބަލީގައި މިހާތަނަށް 37 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ ދުނިޔެ ދޫކޮށްފަ
 
މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 45 ވަނަ މީހާ

ރާއްޖެއިން ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ނިޔާވި މި މީހާއަކީ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އައިޖީއެމްއެޗްގެ އީއާރަށް ދެއްކިއިރު އެއްވެސް ޙަރަކާތެއް ނެތް ކަމަށާއި، މަރުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:36 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި އޮންނަ އުސޫލުގެ މަތިން އޭނާ ކޮވިޑަށް ޓެސްޓް ކުރިއިރު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 45 ވަނަ މީހާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މިއީ މި މަސް ތެރޭގައި ރާއްޖެއިން މި ބަލީގައި ނިޔާވި 7 ވަނަ މީހާއެވެ. މި ބަލީގައި މިހާތަނަށް 37 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް