ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 18:15
ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ބަޖެޓާ ގުޅޭގޮތުން ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާ ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ބަޖެޓާ ގުޅޭގޮތުން ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާ ކުރަނީ
މަޖިލިސް
2021 ވަނަ އަހަރުގެ ބަޖެޓް
2021 ގެ ބަޖެޓާމެދު ހިތްހަމަޖެހޭ، އަންނަ އަހަރު ތަފާތު ފެންނާނެ: ޖެންޑަރ މިނިސްޓްރީ
 
ޖެންޑަރ މިނިސްޓްރީއަށް އަންނަ އަހަރަށް 338 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވޭ
 
ފުލުހުންގެ މުއައްސަސާއިން އަންނަ އަހަރު ޙާސިލު ކުރަން ބޭނުންވާ މައިގަނޑު ކަންކަން ހާސިލުވާނެ
 
ޖެންޑަރ މިނިސްޓްރީން ފިނޭންސް މިނިސްޓްރީއާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު

2021 ވަނަ އަހަރަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު މަޖިލީހަށް ހުށައެޅުއްވި ބަޖެޓާމެދު ހިތްހަމަޖެހޭ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފި އެވެ.

ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ބައިވެރިވެވަޑައިގެން ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ ވިދާޅުވީ، ބަޖެޓް އެކުލަވާލުމުގެ މަރުޙަލާގައި މިނިސްޓްރީން ފިނޭންސް މިނިސްޓްރީއާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެ މަޝްވަރާތަކުގައި ފާހަގަ ކުރި ކަންކަމަށް ރިއާޔަތްކޮށް އަންނަ އަހަރަށް ހުށައަޅާފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރެވޭނެ ފަދަ ބަޖެޓެއްކަން ޔުމްނާ ފާހަގަ ކުރެއްވި އެވެ.

ޔުމްނާ ވިދާޅުވީ، މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަންކަން މި ބަޖެޓުން ހާސިލުވާނެ ކަމަށާއި، އަންނަ އަހަރު ތަފާތުތަކެއް ފެންނާނެ ފަދަ ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ. އެގޮތުން އަންނަ އަހަރަށް 338 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާކަން ފާހަގަ ކުރައްވައި ޔުމްނާ ވިދާޅުވީ، އެއީ ކުރީ އަހަރާ އަޅާބަލާއިރު 93.1 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށެވެ.

މި ބަޖެޓް ފާސްވެގެން ދިއުމާއެކު ހަމަގައިމުވެސް އަޅުގަނޑުމެންގެ ޚިދުމަތުގެ ދާއިރާގައި ހަމަ ތަފާތުތަކެއް ފެންނާނެ ނަތީޖާތަކެއް އަޅުގަނޑުމެންނަށް ދެއްކޭނެ
ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ

އޭގެ އިތުރުން، ފުލުހުންވެސް ވަނީ އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން ފުލުހުންގެ މުއައްސަސާއިން އަންނަ އަހަރު ޙާސިލު ކުރަން ބޭނުންވާ މައިގަނޑު ކަންކަން ހާސިލުވާނެ ކަމަށް ވިދާޅުވެފަ އެވެ. ޚާއްސަ ގޮތެއްގައި ތަހުޤީޤު ކުރުމުގެ ދާއިރާ ކުރިއަރުވައި މީހުން ބިނާ ކުރުމަށް އަންނަ އަހަރު ގިނަ ކަންކަން ރޭވިފައިވާކަން ފާހަގަ ކުރައްވައި ފުލުހުން ވަނީ މިހާރު އޮތް ބަޖެޓުން އެއްވެސް މިންވަރެއް އުނި ނުކުރުމަށް ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.

ކޮމިޓީގައި ވާހަަކަ ދައްކަވަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ އަންނަ އަހަރަށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަކީ އެ އިދާރާތަކުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ ވަރުގެ ބަޖެޓެއް ނޫންކަން ފާހަގަ ކުރައްވާފައެވެ. އަދި އެ އިދާރާތަކުގެ ޤާނޫނީ ޒިންމާ މިހާރު އޮތް ބަޖެޓާއެކު އަދާ ނުކުރެވޭނެކަންވެސް ފާހަގަކޮށްފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް