ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 18:18
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ރާއްޖެއެމްވީ
އެމްޓީސީސީ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރަކު އިންތިޚާބުކޮށްފި
 
ޑިރެކްޓަރ ކަމުގެ މަޤާމަށް މުޙައްމަދު އިމްރާން އަދުނާން، ވަނީ އިންތިޚާބު ވެވަޑައިގެންފައި
 
ޕްރޮކްސީ މެދުވެރިކޮށް 269 ޙިއްސާދާރުން ތަމްސީލްކޮށްފައިވޭ
 
މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ 14 ޙިއްސާދާރުން

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރަކު އިންތިޚާބުކޮށްފިއެވެ.

ހުސްވެފައިވާ 01 ގޮނޑިއަށް އިތުރު ޑިރެކްޓަރަކު އިންތިޚާބުކުރެވޭނީ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި، ޙިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށްވާއިރު "ފަހިވޯޓު" މެދުވެރިކޮށް އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ޢާންމު ޙިއްސާދާރުންގެ ފަރާތުން ޑިރެކްޓަރ ކަމުގެ މަޤާމަށް މުޙައްމަދު އިމްރާން އަދުނާން، މ. މެއިންޒް ވަނީ އިންތިޚާބު ވެވަޑައިގެންފައެވެ.

މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ 14 ޙިއްސާދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 269 ޙިއްސާދާރުން ތަމްސީލްކޮށްފައިވާއިރު، ޖަލްސާގައި މުޅިއެކު ތަމްޞީލްވީ 283 ޙިއްސާދާރުން ކަމަށާއި އެއީ 217,577,5 ޙިއްސާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ މިހާރުގެ ޙިއްސާގެ ނިޞްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްސާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިޚާބުކުރަންޖެހެއެވެ. މި 02 ޑިރެކްޓަރުންގެ ތެރެއިން 01 ޑިރެކްޓަރަކު، 27 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބޭއްވި 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ އިންތިޚާބުކޮށްފައެވެ.

އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިޞްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިޚާބުކުރަންޖެހެއެވެ.

މި 02 ޑިރެކްޓަރުންގެ ތެރެއިން 01 ޑިރެކްޓަރަކު، 27 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ އިންތިޚާބުކޮށްފައެވެ.

މި އަހަރުގެ ތިންވަނަ ކުއާޓާގައި އެމްޓީސީސީއަށް 51 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަަށް އެ ކުންފުނީގެ 3 ވަނަ ކުއާޓާގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

އެމްޓީސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިންވަނަ ކުއާޓާ ނިމުނުއިރު މާލީ ގޮތުން ކުންފުނި ކުރިއަރާފައިވާއިރު، ދެވަނަ ކުއާޓާއާއި އަޅާބަލާ އިރު މިއީ 41 އިންސައްތައިގެ ކުރި އެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ފައިދާ ލިބިފައި ވަނީ ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ފެށުމުން ކަމަށް އެމްޓީސީސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް