ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 13:08
އެސްޑީއެފްސީގެ ލޯގޯ
އެސްޑީއެފްސީގެ ލޯގޯ
ރާއްޖެއެމްވީ
އެސްޑީއެފްސީއިން ދޫކުރަމުންދާ ލޯނު
އެސްޑީއެފްސީގެ ކައުންޓަރުން ފޯމު ބަލައިގަތުން ހުއްޓާލާ، އެކަމަށް ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފި
 
މި ގެނެވުނު ބަދަލާއިއެކު ލޯނުތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ
 
އީފާސްގެ ޒަރިއްޔާއިން ލޯނު އެޕްލިކޭޝަން ކުރިޔަށްދާ ގޮތުގެ ސްޓޭޓަސް ޗެކް ކުރެވޭނެ
 
އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅުމުގައި އީފާސް އެކައުންޓެއް ބޭނުންވާނެ

އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އީމެއިލް އަދި ކައުންޓަރުން ބަލައިގަންނަމުންދިޔަ ލޯނު އެޕްލިކޭޝަންތައް އޮންލައިން ޕޯޓަލް މެދުވެދުވެރިކޮށް ބަލައިގަތުމަށް ނިންމައިފިއެވެ.

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ލުއިފަސޭހަތަކެއް ގެނެސް ދިނުމަށް އެސްޑީއެފްސީއިން ގެނައި ބަދަލާއި ގުޅޭގޮތުން އެ ކޯޕަރޭޝަނުން ބުނީ 8 ނޮވެމްބަރުން ފެށިގެން ކައުންޓަރުންނާއި، އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލޯނު އެޕްލިކޭޝަން ފޯމް ބަލައިގަތުން ހުއްޓާލާފައި ކަމަށެވެ.

އެސްޑީއެފްސީއިން އިތުރަށް ބުނީ އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި އީފާސް އެކައުންޓެއް ބޭނުންވާނެ ކަމަށެވެ.

އީފާސްއަކީ ސަރުކާރު މުއައްސަސާތަކުން އޮންލައިން ހިދުމަތް ހޯދުމަށް ބޭނުންކުރާ އެކައުންޓެކެވެ. މި އެކައުންޓް ހުޅުވުމަށް އައިޑީ ކާޑުގެ ތަފްސީލު، މޯބައިލް ނަމްބަރު އަދި އީމެއިލް އެޑްރެސް ބޭނުންވާނެއެވެ. އީފާސްގެ ޒަރިއްޔާއިން ލޯނު އެޕްލިކޭޝަން ކުރިޔަށްދާ ގޮތުގެ ސްޓޭޓަސް ޗެކް ކުރެވޭނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން އެސްޑީއެފްސީއިން ދޫކުރާ ލޯނުތަކަކީ ކުޑަ އިންޓްރަސްޓް ރޭޓެއްގައި، ދިގުމުއްދަތަކަށް ބަހާލައިގެން ދައްކަން ޖެހޭ ލޯނުތަކެކެވެ. އެގޮތުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އަމިއްލަ ވިޔަފާރިތަކަށް ހާއްސަ ލޯނުތަކެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް
'ވޯލްޑް ޝެފްސް އޭޝިޔާ ޕްރެސިޑެންޓްސް އަހަރީ ބައްދަލުވުން 2024' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހުން 7 ދުވަހަށް ބަންދު
3 މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ، ޑްރޯން ބޭނުންނުކުރާ ސަބަބު ސާފެއްނުކޮށްދިން
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީން އަންގައިފި