ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ޖެސިންޑާ އާޑެން ކައިވެނި ފަސްކޮށްފި ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.
ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ޖެސިންޑާ އާޑެން ކައިވެނި ބައްލަވައިގަންނަވާން އުޅުއްވަނީ މަޝްހޫރު ޓީވީ ޕްރެސެންޓަރ ކްލާރކް ގޭފޯޑް އާއިއެވެ.
އުމުރުން 40 އަހަރުގެ ޖެސިންޑާ ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވީ ކުރިން މިމަހު ކުރައްވަން އުޅުނު ކައިވެނި މުއްދަތެއް ނެތް ގޮތައް ފަސްކޮށްފައިވާ ކަމަށާއި، އެގޮތައް ނިންމީ ކައިވެނީގެ ކުރިން ކުރަން ޖެހޭ ބައެއް ކަންކަން ހުރުމާއިއެކު ކަމަށެވެ. އަދި މިގޮތައް ނިންމީ ކޮވިޑްގެ ސަބަބުން ކަނޑައަޅާފައިވާ ގަވައިދުތަކާއިއެކު ކައިވެނީގެ ހަފްލާގައި ބައެއް ފަރާތްތަކަށް ބައިވެރި ނުވެވޭނެތީ ކަމަށް ވެސް ޖެސިންޑާ ވިދާޅުވި އެވެ.
ޖެސިންޑާ އަދި ކްލާރކް އެންމެ ފުރަތަމަ ދިމާވީ 2012 ވަނަ އަހަރު ނިއުޒިލޭންޑްގައި ބޭއްވި ޓީވީ އެވޯޑް ހަފްލާއަކުންނެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ކައިވެނި ކުރަން ނިންމާފައިވާކަން ވަނީ އިއުލާން ކޮށްފައެވެ.