ކ. މާލެ
|
12 ނޮވެންބަރ 2020 | ބުރާސްފަތި 16:00
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރި ޕޫލް ބިލިއާޑް ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރި ޕޫލް ބިލިއާޑް ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ހުޅުމާލޭ ބިލިއާޑް ހައުސް ހުޅުވުން
ހުޅުމާލޭ ބިލިއާޑް ހައުސް ރަސްމީކޮށް ހުޅުވައިފި
ބިލިއާޑް ހައުސް ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ލޭގެ އެމްޕީބީއޭ ކުލަބު ހައުސް އަންނަނީ ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރި ޕޫލް ބިލިއާޑް ހައުސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.

ހުޅުމާލޭ ބިލިއާޑް ހައުސްގައި ބުދަ ދުވަހުގެރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރާއި، ބިލިއާޑް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން ގައުމީ ބިލިއާޑް ޓީމުގެ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ކުޅިވަރު ކުޅުންތެރިން ތަމްރީނު ކުރުމާއި، ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ ކުޅުންތެރިންގެ އަޚުލާގީ މިންގަނޑު ހިފެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ. އަދި އިންޑިއާ ސަރުކާރުން ކުޅިވަރު ތަރައްގީ ކުރުމަށް ވަމުން އަންނަ އެހީ ފާހަގަކުރައްވާ ނައިބު ރައީސް ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރި ޕޫލް ބިލިއާޑް ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ، ހުޅުވިގެންދިޔަ ބިލިއާޑް ހައުސްއިން ފެނިގެންދަނީ ސަރުކާރުން ހަމައެކަނި އަހަންމިޔަތުކަން ދެނީ ފުޓްބޯޅައަށް ނޫންކަން ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ކުޅިވަރަކަށް "ފޯކަސް" ކޮށްގެން ކަމަށެވެ. އެގޮތުން ފުޓްބޯޅައެކޭ އެއް ހަމައިން ކޮންމެ ކުޅިވަރެއްގެ ފެސިލިޓީތައް ގާއިމުކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރެވިގެން އަންނަ ޕޫލް ބިލިއާޑް ހޯލް މި އަހަރު ނިމުމުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ހޯލާއެކު ކުރިއަށް އޮތް ތަނުގައި ޕޫލުގެ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވިގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ފެސިލިޓީއެއް ބިލިއާޑަށް ހަމަޖެއްސިއިރު، މާލޭގެ އެމްޕީބީއޭ ކުލަބު ހައުސް އަންނަނީ ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ. ހުޅުމާލޭގައި އެމްޕީބީއޭއަށް ލިބުނު ފެސިލިޓީއަކީ މާލޭގައި ކުރިން އެ އެސޯސިއޭޝަނަށް ލިބުނު ފެސިލިޓީއަށް ވުރެންވެސް ބޮޑު އަދި ޖާގަވެސް ތަނަވަސް ތަނެއް ކަމަށް އެމްޕީބީއޭއިން ބުނެއެވެ. ކުރިން މާލޭގައި ހަތަރު މޭޒު ބަހައްޓައިގެން ބިލްއާޑް މުބާރާތްތައް ބާއްވަމުން އައިރު، އަލަށް ހުޅުމާލެއިން ލިބިގެންދިޔަ ފެސިލިޓީގައި ހަ މޭޒު ބެހެއްޓޭ ކަމަށް އެމްޕީބީއޭއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް