ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 18:46
ޓޫރިޒަމް މިނިސްޓްރީ އިން ގާއިމް ކޮށްފައިވާ ހެލްޕް ޑެސްކް
ޓޫރިޒަމް މިނިސްޓްރީ އިން ގާއިމް ކޮށްފައިވާ ހެލްޕް ޑެސްކް
ރާއްޖެއެމްވީ
އެއަރޕޯޓުގައި ހެލްޕް ޑެސްކެއް ގާއިމްކުރުން
ފަތުރުވެރިންނަށް ހާއްސަކޮށްގެން އެއަރޕޯޓުގައި ހެލްޕް ޑެސްކެއް ގާއިމްކޮށްފި
 
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ
 
އެއަރޕޯޓު ތެރެއިން ފަތުރުވެރިންނަށް ދިމާވެދާނެ ދަތިތައް ފަސޭހަ ލިބޭނެ
 
މި ހެލްޕް ޑެކްސް ހުޅުވާލެވިގެން ދިޔައީ ބުދަ ދުވަހު އެ މިނިސްޓްރީއިން ބޭއްވި ރަސްމިއްޔާތެއްގަ

ފަތުރުވެރިންނަށް ހާއްސަކޮށްގެން ޓޫރިޒަމް މިނިސްޓްރީއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހެލްޕް ޑެސްކެއް ގާއިމްކޮށްފި އެވެ.

ބުދަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހެލްޕް ޑެކްސް ރަސްމީކޮށް ހުޅުވާ ޚިދުމަތްދޭން ފަށާފައިވާއިރު، ޓޫރިޒަމް މިނިސްޓްރީއިން ބުނީ މި ޑެސްކު ގާއިމް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެއަރޕޯޓު ތެރެއިން ފަތުރުވެރިންނަށް ދިމާވެދާނެ އެންމެހާ ދަތިތައް ފަސޭހަ ކޮށްދިނުން ކަމަށެވެ.

މި ޑެސްކުގައި މަސައްކަތް ކުރަމުން ގެންދާނީ އެ މިނިސްޓްރީގެ ސްޓާފުންނެވެ.

މި ރަސްމިއްޔާތުގައި ވޮޔޭޖަސް ގެ ސްޕެޝަލް ސަރވިސް މެނޭޖަރ މުހައްމަދު ޝިޔާމް ވެސް ބައިވެރިވެ ވަޑައިގެން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ އެއްތަނަކުން ހުރިހާ ހިދުމަތެއް ލިބޭ ކަމަށްވާނަމަ އެއީ އެދާއިރާއަށް ލިބިގެންދާ ވަރަށްވެސް ބޮޑު ކުރިއެރުމެއް ކަމުގައެވެ. އަދި މިނިސްޓްރީގެ ހެލްޕް ޑެސްކެއް ގާއިމް ކުރެވިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ އެއީ އޭގެ ސަބަބުން ގިނަ ފައިދާތަކެއް ވެސް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ޝިޔާމްއަކީ ފަތުރުވެރިންނަށް ހިދުމަތް ކުރެއްވުމުގައި އެއަރޕޯޓުގައި 35 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް