ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 15:26
2023 ވަނަ އަހަރުގެ ބިޑު ކާމިޔާބުކޮށް، އައިއޯއައިޖީގެ ދިދަ ރައީސަށް އަރުވަނިކޮށް
2023 ވަނަ އަހަރުގެ ބިޑު ކާމިޔާބުކޮށް، އައިއޯއައިޖީގެ ދިދަ ރައީސަށް އަރުވަނިކޮށް
ޝުއައިބް މުހައްމަދު އިގްބާލް
ކުޅިވަރުގެ ވަސީލަތްތައް ފަހިކޮށްދިނުން
ކުޅުންތެރިންނަށް ގިނަ ވަސީލަތްތަކެއް އަންނަނީ ފަހިކޮށްދެމުން: ރައީސް
މި ދެ އަހަރުގެ ތެރޭގައި ޖުމްލަ 347 މަޝްރޫއުގެ މަސައްކަތް ވަނީ ފަށާފައި
މައިގަނޑު ސިޔާސަތަކީ ބައިނަލްއަގުވާމީ މުބާރާތްތަކަށް އަމާޒުކޮށްގެން، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުން

މިއިން ޒަމާނެއްގައިވެސް ކުޅުންތެރިންނަށް ފަހިކޮށްދެވިފައި ނުވާހާ ގިނަ ވަސީލަތްތައް ފަހިކޮށްދެމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރާއިރު، މި ނިމިގެންދިޔަ ދެ އަހަރުގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވާ ކުޅިވަރުގެ ދާއިރާއަށެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި 347 މަޝްރޫއެއްގެ މަސައްކަތް ފެށިއިރު، މި މަސައްކަތްތަކަށް 345 މިލިޔަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަތުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ދިވެހި ގައުމާ މުޚާތަބުކުރައްވައި ބުދަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙު ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމުގައި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ބައިނަލްއަގުވާމީ މުބާރާތްތަކަށް އަމާޒުކޮށްގެން، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ދަށުން، މިއިން ޒަމާނެއްގައިވެސް ކުޅުންތެރިންނަށް ފަހިކޮށްދެވިފައި ނުވާހާ ގިނަ ވަސީލަތްތައް ފަހިކޮށްދެމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ކުޅިވަރުގެ ގިނަ ވައުދުފުޅުތަކެއް ހިމެނޭއިރު، މިހާތަނަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކުޅިވަރުތައް ތަފާތުކުރުމެއް ނެތި ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ. އެގޮތުން ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް މި ސަރުކާރުން ވަނީ ހަތް ރަށެއްގެ ދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލާފައެވެ. އަދި 12 ރަށެއްގެ ދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

އަދި މިހާތަނަށް ސަރުކާރުން 57 ރަށެއްގައި ފުޓްސަލް ދަނޑު އަޅާފައިވާއިރު، މާލޭ ސްވިމިންގ ޓްރެކް ތަރައްގީކުރުމުގެ އިތުރުން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމް ވަނީ ގާއިމުކޮށްފައެވެ. އަދި އޮލިމްޕިކް ފެންވަރުގެ ސްވިމިންގ ޕޫލެއް މާލޭގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އަދި މާފަންނު ސްޓޭޑިއަމުގެ ޓްރެކް ސަރަހައްދުގައި ޒަމާނީ ސިންތެޓިކް ޓްރެކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ދުނިޔޭގެ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ބިލިއާޑް ފެސިލިޓީއެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި މިހާތަނަށް ތިން ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އަޅާފައިވާއިރު، ދެ ރަށެއްގައި ކޯޓު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އަންނަ އަހަރު ރާއްޖޭގެ 20 ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އެޅުމަށްވެސް ވަނީ ނިންމާފައެވެ.

އަދި ރައީސް ޞާލިޙުގެ ސަރުކާރަށް ދެ އަހަރު ފުރުނުއިރު، މަގުމަތިވެފައިވާ ނެޓްބޯޅައަށް ސްޓޭޑިއަމް ސަހަރައްދުން ވަސީލަތް ޔަގީންކުރެވި، ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް އެޅުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް