ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 09:00
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސް އޮފީސް
ރައީސް ސޯލިޙު ފަށާއިރަށް ދެއްވި އިންޓަރވިއު
"އިތުރު ދައުރަކަށް ކުރިމަތިލުމަށް ވިސްނަވައިގެން ވެރިކަމަށް ވަޑައިގެންނެވުމަކީ ކުރެވޭނެ އެންމެ ގޯސް އެއް ކަންތައް"
 
އެއްވެސް އިރެއްގައި ފައިސާއެއްގެ ވާހަކައެއް ދެކެވިފައިނުވާނެ ކަމުގެ ޔަޤީންކަން ރައީސް ސޯލިޙު ދެއްވި
 
މި މައްސަލަ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދޭ
 
ތުހުމަތު ކުރެވޭ އެކި ފެންވަރުގެ 260 އެއްހާ މީހުން ހިމެނޭކަމަށް ތުހުމަތު ކުރެވޭ

އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ ވިސްނުމުގައި ވެރިކަމަށް ވަޑައިގެންނެވުމަކީ ކުރެވޭނެ އެންމެ ގޯސް އެއް ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން އިތުރު ދައުރަކަށް ކުރިމަތިލައްވާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިތުރު ދައުރަކަށް ކުރިމަތިލުމަށް ވިސްނަވައިގެން ވެރިކަމަށް ވަޑައިގެންނެވުމަކީ ކުރެވޭނެ އެންމެ ގޯސް އެއް ކަންތައް ކަމަށެވެ. އޭގެ ބަދަލުގައި ވިސްނަވަން ޖެހޭނީ ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޙިޔާނާތުގެ ފައިސާ އެއްވެސް މިންވަރެއްގައި ލިބިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީ ޙިޔާނާތުގެ ފައިސާ އެއްވެސް މިންވަރެއްގައި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ބައްދަލުވެވަޑައިގެން ނަމަވެސް އެއްވެސް އިރެއްގައި ފައިސާއެއްގެ ވާހަކައެއް ދެކެވިފައިނުވާނެ ކަމުގެ ޔަޤީންކަން ރައީސް ސޯލިޙު ދެއްވިއެވެ.

ރައީސް ވިދާޅުވީ، މި މައްސަލައިގައި އެކި ފެންވަރުގައި ތުހުމަތު ކުރެވޭ މީހުން ތިބިއިރު، ތަހުޤީޤުކޮށް ދައުވާ ކުރަން އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވޭނީ އެކަށީގެންވާ ހެކި ހުރެގެން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާ ތެރޭގައި އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅޭ 4 މައްސަލައެއް ފެށިގެންދާނެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުންނާއި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގައި ތިއްބެވި 5 މެމްބަރުނަށް ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން ވަނީ ހާމަވެފައެވެ. އަދި މި ސަރުކާރުގައި ތިއްބެވި 7 ފަރާތަކާއި ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާ 6 ފަނޑިޔާރަކާއި ކުރީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި 23 ފަރާތެއްގެ އިތުރުން ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން 7 އޮފިސަރެއް ހިމެނޭ ކަން ހާމަވެފައިވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކި ފެންވަރުގެ 260 އެއްހާ މީހުން ހިމެނޭކަމަށް މީގެ ކުރިން އިދާރާތަކުން ހާމަ ކޮށްފައިވީ ނަމަވެސް، މި މައްސަލަ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
7%
57%
7%
21%
0%
7%
ކޮމެންޓް
12 ނޮވެންބަރ 2020 | ބުރާސްފަތި 18:48
ކިނބޫ
ރަނގަޅު އެއް ކަމެއްވެސް ކަލޭ ކޮށްފިތަ
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި