ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 08:24
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ރައީސް ސޯލިޙު ފަށާއިރަށް ދެއްވި އިންޓަރވިއު
"ހިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަނާއި، މަރު ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުންވި ސްޕީޑުގައި ކުރިއަށް ނުދޭ"
 
ޖުމުލަ ގޮތެއްގައި ސަރުކާރުގެ މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ
 
މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ އާއިލާތަކަށް އަވަހަށް އިންސާފު ލިބެންޖެހޭ
 
މަރު ކޮމިޝަނުގެ 9 މައްސަލައެއް މުޅިން ނިންމައި ފައިނަލް ރިޕޯޓް އެކުލަވާާލުމުގެ މަސައްކަތް ދަނީ ކުރަމުން

ހިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަނާއި، މަރު ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުންވި ސްޕީޑުގައި ކުރިއަށް ނުދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވެރިކަމުގެ ފުރަތަމަ 2 އަހަރު ތެރޭގައި ކުރައްވަން ނިންމެވި އެހެން ނަމަވެސް ބޭނުންފުޅުވި ސްޕީޑުގައި ކުރިއަށް ނުގެންދެވި ހުރި ކަންކަމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، ޙިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުންފުޅުވި ގޮތެއްގައި ކުރިއަށް ނުދާ ކަމަށެވެ.

ޚާއްސަ ގޮތެއްގައި މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ އާއިލާތަކަށް އަވަހަށް އިންސާފު ލިބެންޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ކޮމިޝަންތައް ބަދަލު ކުރައްވައިގެން ވަކި ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން 9 މައްސަލައެއް މުޅިން ނިންމައި ފައިނަލް ރިޕޯޓް އެކުލަވާާލުމުގެ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަ ކުރައްވާފައެވެ. އަދި އެ މަސައްކަތްތަކާއެކު ރައްޔިތުންނަށް އޮތް އިތުބާރު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ރައްޔިތުންނަށް އިތުބާރު ހޯދައިދެއްވުމަށް ގެންނަވަން ޖެހޭ ބަދަލުތައް އެމަނިކުފާނު ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފާއިތުވި 2 އަހަރު ދުވަހުގެ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، ޖުމުލަ ގޮތެއްގައި ސަރުކާރުގެ މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އޭގެ އިތުރުން، ކޮންމެ ސަރުކާރެއްގައިވެސް ފުރަތަމަ އަހަރު މަސައްކަތްތައް ލަސްވާ ކަމުގެ ޝަކުވާ އާންމުން ކުރާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ކޮވިޑުގެ މި ޙާލަތުގައިވެސް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
60%
0%
40%
0%
0%
ކޮމެންޓް
11 ނޮވެންބަރ 2020 | ބުދަ 08:53
ޖައުފަރު
ޚިޔާނާތުގެ ކޮމިޝަނަށް ރައީސް އައްޔަން ކުރެއްވި ބޭފުޅާގެ ޚިޔާނާތުގެ ބޮޑު 2 މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިފައި އޮތްވާނޫންތޯ އެކަންތައް އޮށްބާލާ ކޮމިޝަން އޭނާ އާ ހަވާލު ކުރެއްވީ.ދެން ވާނެ ގޮތް އެގޭނޫންތޯ. ޢޭސީސީން އެމައްސަލަތައް އަލުން ބެލުމާށް ކުރީގެ އަދީބާއި ޒިޔަތާ އޮއިއްޓެގެ ލޯޔަރު ޕީޖީ އަށް އެންގި ވާހަކަ ނޫހުންކީން. ޚަބަރެއްނެތް. މީތޯ އިންސާފު ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ