ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 01:09
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް
ރައީސް އޮފީސް
އެސްޑީއެފްސީ ދޫކުރި ލޯނު
ފާއިތުވި 2 އަހަރު އެސްޑީއެފްސީ އިން 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރި: ފައްޔާޒު
 
ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރެވުނު
 
ވިޔަފާރިތަކަކީ ދިވެހި އިގްތިސާދުގެ ހަގީގީ ލޭނާރު
 
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ވިޔަފާރިތަކެއް

ފާއިތުވި ދެ އަހަރު އެސްއެމްއީ ޑިވެލޮޕްމެންޓެ ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަސް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖެޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން، މިނިސްޓަރ ފައްޔާޒު ވިދާޅުވީ އެސްޑީއެފްސީ ހުޅުވާ، މިއަދާއި ހަމައަށް އައިއިރު، 536 ފަރާތަކަށް 696 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން އިތުރު 1898 ވިޔަފާރިއަށާއި އަމިއްލަ މަސައްކަތްކުރާ 648 ފަރާތަކަށް 362 މިލިއަން ރުފިޔާ ކޮވިޑް އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ވިޔަފާރިތަކެއް ކަމަށެވެ. އެގޮތުން މިފަދަ ވިޔަފާރިތަކަކީ ދިވެހި އިގްތިސާދުގެ ހަގީގީ ލޭނާރުކަމަށާއި މިފަދަ ބައިވަރު ވިޔަފާރިތަކެއް އުފެދި އެ ވިޔަފާރިތަކުން އުފެދޭ ވަޒީފާތަކާއި އެ ވިޔަފާރިތަކުގު ޓެކްސް ބޭސްގެ ސަބަބުން އާންމު ރައްޔިތުންގެ ތެރޭގައި އިގްތިސާދެއް އުފެދިންގެ ދާކަމަށް މިނިސްޓަރ ފައްޔާޒު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ މި ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ތެރޭގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެގޮންޖެހުންތައް ހައްލު ކުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާކަން ފާހަގަކުރައްވާ މިނިސްޓްރީއިން މި ގޮންޖެހުންތައް ދެނެގަތުމަށް ކުރި މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ ފައިސާގެ ދަތިކަން ކަމަށް ވިދާޅުވެފައެވެ. މި މައްސަލަތައް ހައްލު ކުރުމަސް ފާއިތުވި ދެ އަހަރު ކާމިއާބު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި މީގެ ތެރެއިންވެސް އެންމެ ކާމިޔާބު އެއް މަސައްކަތަކީ އެސްޑީއެފްސީގެ މަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް