ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 22:04
ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާގެ ތެރެއިން މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ
ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާގެ ތެރެއިން މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ
ގެޓީ އިމޭޖަސް
ކޮވިޑް ވެކްސިން
މި އަހަރު ނިމުމުގެ ކުރިން ވެކްސިނެއް ލިބޭނެކަމުގެ އުއްމީދު ބޮޑު: ޑަބްލިއުއެޗްއޯ
 
ބައޯއެންޓެކް ވެކްސިން ވެސް އަހަރު ނިމުމުގެ ކުރިން ލިބުން އެކަށީގެންވޭ
 
ފިޒަރ ވެކްސިންގެ އުއްމީދު ބޮޑު

މި އަހަރު ނިމުމުގެ ކުރިން ވެކްސިން ލިބޭނެކަމުގެ އުއްމީދު ކުރާ ކަމަށާއި، ފިޒަރގެ ވެކްސިންގެ އުއްމީދު ބޮޑު ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއޭސަސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ވެކްސިނެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އެގޮތުން އެމެރިކާގެ ފިޒަރ ކުންފުނީގެ ވެކްސިންގެ އިތުރުން، އިތުރު ވެކްސިންތަކެއް ވެސް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ އެފްރިކާގެ ރީޖަނަލް ޑިރެކްޓަރ މަޓްޝިޑިސޯ މޮއިޓީ ވެސް ވަނީ މި މޭރުމުން ވާހަކަދައްކަވާފައެވެ. އަދި ވިދާޅުވީ ވެކްސިނެއް އުފެއްދުމުން އެފްރިކާ ބައްރަށް ވެސް ބޭނުންވާ ވެކްސިން ލިބިގެންދާނެ ކަމަށެވެ.

ސައިންސްވެރިން ބުނެފައި ވަނީ ފިޒާ އަދި ބައޯންޓެކްގެ ވެކްސިން 90 އިންސައްތަ ރައްކާތެރި ކަމަށް ދައްކާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިޒާ އަދި ބައޯންޓެކްގެ ވެކްސިން 43،500 މީހުންގެ ގަޔަށް ޖަހާ ޓެސްޓުކޮށްފައިވާއިރު މިހާތަނަށް މި ވެކްސިންގެ ރައްކާތެރިކަމާ މެދު އެއްވެސް ކަހަލަ ޝަކުވާއެއް ލިބިފައި ނުވެއެވެ. އަދި މި ވެކްސިން ޖެހި މީހުންގެ ދިފާއީ ނިޒާމުގައި ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރާކަން ފާހަގަވެފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

ފިޒާ އަދި ބައޯންޓެކްއިން އަންނަނީ މި ވެކްސިން ބޭނުން ކުރުމުގެ އެމަރޖެންސީ ހުއްދައަށް އަންނަ މަހު އެދުމަށް މަސައްކަތް ކުރަމުންނެވެ. ޖަރުމަނުގެ ބައޯންޓެކްއިން އުފައްދާ ވެކްސިން އަދި އެމެރިކާގެ ނިއުޔޯކްގެ ފިޒާ ކޮމްޕެނީއިން އުފައްދާ ވެކްސިން އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއަރ ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރުއޭ) އިން އަންނަނީ ވެކްސިން ރިވިއުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ރިވިއުގެ ތެރޭގައި އެމްއެޗްއާރުއޭއަށް ކްލިނިކަލް ޑާޓާތައް ވަގުތުން ބަލާލެވޭނެއެވެ. މިކަންކަމަށް ބެލުމަށްފަހު ވެކްސިން ބޭނުންކުރުމުގެ ހުއްދަދިނުމުގެ ކަންކަން އަވަސްކުރެވިގެންދާނެއެވެ. މިއީ ޕަބްލިކް ހެލްތު އެމަރޖެންސީގައި ބޭނުންވާ ޑްރަގްސް އާއި ވެކްސިންގެ ކަންކަން އަވަސްކުރުމަށް ކުރާކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
85%
0%
5%
0%
10%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި