ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 21:23
ކޭޝް އެޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭ ގޮތް ހަމަޖެއްސުން
ކޭޝް އެޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭ ގޮތް ހަމަޖެއްސުން
ބީއެމްއެލް
ބީއެމްއެލްގެ ކޭޝް އެޖެންޓުން
ކޭޝް އެޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭ ގޮތް ބީއެމްއެލްއިން ހަމަޖައްސައިފި
 
ދުވާލަކު 2000ރ. ނަގާއިރު ފީގެ ގޮތުގައި ކުރިން ނަގަމުން އައި 10ރ. ނުނަގާނެ
 
ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ގައި

ބޭންކް އޮފް މޯލްޑިވްސްއިން ކޭޝް އެޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭ ގޮތް ހަމަޖައްސައިފިއެވެ.

މި ބަދަލާއެކު ބީއެމްއެލްއިން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާ ނަގާއިރު ފީގެ ގޮތުގައި ކުރިން ނަގަމުން އައި 10ރ. ނުނަގާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެކައުންޓުން ފައިސާ ނެގުމުގެ އިތުރަށް މި ވަގުތު 40 ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް ލިބޭނެއެވެ.

މި ބަދަލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ފީ ނެގުން ހުއްޓާލެވިގެން މިދިޔައީ ކަސްޓަމަރުންނަށް އަގުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.

ބޭންކުގެ އޭޓީއެމްގެ ހިދުމަތެކޭ އެއްފަދައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްވެފައިވާ ބީއެމްއެލްގެ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމާއި ފައިސާދެއްކުމުގެ ހިދުމަތް ލިބޭނެއެވެ.

ކޭޝް އެޖެންޓް ވިއުގަ ފުޅާކުރެވިގެންދިޔުމާއެކު މި ވަނީ ބޭންކިންގ ހިދުމަތް ހޯދުމަށް އެންމެ ކައިރީގައިވާ އޭޓީއެމް ނުވަތަ ބްރާންޗަށް ކަސްޓަމަރުން ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެވިފަ. އަދި މި ހިދުމަތާއެކު ރަށްރަށުގައި މިވަނީ ފަސޭހަކަމާއެކު އަސާސީ ބޭންކިންގ ހިދުމަތް ހޯދޭނެ މަގުފަހިވެގެން ގޮސްފަ.
~ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފްކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ދިނުމަށް ތައާރަފްކުރެވުނު ހިދުމަތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މިއަދާ ހަމައަށް 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އަދި 40 އެޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާއި ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް ބޭންކުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
50%
0%
0%
0%
0%
50%
ކޮމެންޓް