ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 18:27
އެލައިޑް އިންޝުއަރެންސް ކުންފުނީގެ ތެރެއިން
އެލައިޑް އިންޝުއަރެންސް ކުންފުނީގެ ތެރެއިން
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް ވެބިނަރ
އިންޝުއަރެންސަށް ހޭލުންތެރިކުރަން އެލައިޑުން ދެ މަސް ދުވަހަށް ދެމިގެންދާ ވެބިނަރތަކެއް
 
މިހުރިހާ ވެބިނަރ އެއްވެސް ލައިވް ސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފަ
 
ކޮންމެ ވެބިނަރއެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 މިނެޓަށް
 
ވެބިނަރތައް ފެށުމަށް ހަމަ ޖެހިފައިވަނީ އަންނަ ހަފްތާގެ ތެރޭގަ

އިންޝުއަރެންސްއާއި މެދު ގިނަ ބަޔަކު ހޭލުންތެރި ކުރުވުމުގެ ގޮތުން ހާއްސަ ވެބިނަރތަކެއް ބޭއްވުމަށް ނިންމާފައިވާ އެލައިޑް އިންޝުއަރެންސުން ހާމަކޮށްފިއެވެ.

ދެ މަސް ދުވަހަށް ދެމިގެންދާ މި ވެބިނަރތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ ތެރޭގައި ކަމަށާ މި ވެބިނަރތައް ބާއްވާނީ އެހެން ވެބިނަރތަކާ މުޅިން ތަފާތުކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮންމެ ވެބިނަރއެއް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ 30 މިނިޓަށް ކަމަށް އެލައިޑުން ބުނެއެވެ. އަދި ވެބިނަރ ކޮންމެ މަހަކު ދެ ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ވެބިނަރގެ ތެރެއިން ޖުމްލަ 8 މައުލޫއަކަށް މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

އެގޮތުން އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންބައުންޑް އިންޝުއަރެންސްއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިނގިރޭސިންނެވެ.

އެއަށް ފަހު ފަޔަރ އިންޝުއަރެންސްއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އޮންލައިން ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ޗައިލްޑް އެޑިއުކޭޝަން އިންޝުއަރެންސްގެ ވާހަކަ ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން އެލައިޑުން ބުނީ އިންބައުންޑް ޑިޑަކްޓިބަލްސް ގެ މައުލޫމާތު، މޮޓޯ އިންޝުއަރެންސް، އޮޑިދޯނިފަހަރުގެ އިންޝުއަރެންސް އަދި ހެލްތް އިންޝުއަރެންސްގެ މައުލޫމާތުތައް ވެސް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ހުރިހާ އިންޝުއަރެންސް ތަކަކާއެކު މިހާރު ކޮވިޑް ޑެތް ބެނެފިޓް ހިމެނޭ ކަމަށާ މިއާ ގުޅޭ އިތުރު މައުލޫމާތު ވެސް ހިއްސާކުރަން ހަމަޖެހިފައިވާކަމަށެވެ.

މި ހުރިހާ ވެބިނަރއެއް ލައިވް ސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެލައިޑުން ބުނީ ބައިވެރިވާ ފަރާތްތަކުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ވެސް ނިންމާފައިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
50%
0%
0%
50%
0%
0%
ކޮމެންޓް